Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެޗްއީއޯސީގައި ވޮލެންޓިއަރަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް

އެޗްއީއޯސީގައި ވޮލެންޓިއަރަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް

ދަރުބާރުގޭގައި ހިންގާ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށާއި ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށެވެ. އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ފުލުހުން އަދި ދެއްވައިފައެއް ނުވެއެވެ.

"ދެން" އަށް އެނގިފައިވާ ގޮތުގައި ސަރުކާރުގެ ކުންފުންޏަކަށް ނިސްބަތްވާ އެ މުވައްޒަފަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވެނީ ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މައްޗަށެވެ.

Advertisement
Allied Insurance — Square (box)

ނަމަވެސް އެ މައްސަލައިގައި އަދި އެއްވެސް މީހަކަށް ފިޔަވަޅެއް އަޅައިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލައާ ގުޅިގެން އެޗްއީއޯސީން ވިދާޅުވީ މައްސަލަ ހުށަހެޅި ތާރީހުން ފެށިގެން އެ މައްސަލަ ކައިރިން ބައްލަވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް