Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހަމަލާ ދިނީ ނޫސްވެރިންގެ ފާސް އަޅައިގެން ތިބި ބައެއްކަމެއް ޔަގީނެއްނޫން:ފުލުހުން

ހަމަލާ ދިނީ ނޫސްވެރިންގެ ފާސް އަޅައިގެން ތިބި ބައެއްކަމެއް ޔަގީނެއްނޫން:ފުލުހުން

ހުޅުމާލޭގައި ސްކިލްޑް މެއިންޓެއިން ސާރވިސްއިން ހިންގަމުން އަންނަ ގަރާޖެއްގެ ޓެކްނީޝަނަކާއި އެތަނަށް ހިދުމަތް ހޯދަން ދިޔަ މީހަކާ ދެމެދު ހިނގި މާރާމާރީގައި ހަމަލާ ދިން މީހުން ތިބީ ނޫސްވެރިންގެ ފާސް އަޅައިގެންކަން ޔަގީން ނޫންކަމަށް ފުލުހުން ބުނެފިއެވެ.

"ދެން" އަށް މައުލޫމާތު ދެމުން ސްކިލްޑް މެއިންޓެއިން ސާރވިސްގެ ޑިރެކްޓަރ އަހުމަދު ފަޒާލް ބުނީ އިރު އޮއްސުނު ވަގުތު ހިނގި މިމާރާމާރީގައި އަނިޔާވި ޓެކްނީޝަނަށް ހަމަލާ ދީފައި ވަނީ ދަގަނޑު ބުރިއަކުން ކަމަށާއި ހަމަލާ ދިނީ ވެހިކަލް ހެދުމަށް ފަހު ފައިސާދޭން ބުނުމުން ފައިސާ ނެތްކަމަށް ބުނެ ކަމަށެވެ.

"ހަމަލާ ދިނީ ދަގަނޑު ބުރިއަކުން. އަޅުގަނޑުމެންގެ މުއައްޒަފަށް ވަރަށް އަނިޔާވި. ހަމަލާ ދިން މީހުން ތިބީ މީޑިއާ ފާސް އަޅައިގެން. ފުލުހުން ގާތުވެސް ބުނި ތިމަންނަމެންނަކީ ނޫސްވެރިންނޭ" ފަޒާލް ބުންޏެވެ.

Advertisement
HDC — Sidebar (box)

މިމާރާމާރީއާ ގުޅިގެން “ދެން” އަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ މިހާތަނަށް އެ މާރާމާރީއާ ގުޅިގެން މީހެއް ހައްޔަރުކޮށްފައި ނުވާ ކަމަށާއި ހަމަލާ ދިން މީހުން ތިބީ މީޑިޔާ ފާސް އަޅައިގެން ކަން ވެސް ސާފު ނުވާކަމަށެވެ.

ކޮވިޑް 19ގެ ސަބަބުން މާލޭގައި ކާފިއު އިއުލާނު ކުރުމުން މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ނޫސްވެރިންނަށް ކާފިއު ގަޑީގައި ބޭރުގައި އުޅެވޭނެ ހުއްދަ ލިބިދޭ ނޫސްވެރިންގެ ފާސް ދޫކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް