ޚަބަރު

ގައްދޫން އިތުރު 14 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ގދ.ގައްދޫން އިތުރު 14 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by MWSC

ގައްދޫގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ޖުމްލަ 80 މީހުން ކޮވިޑް-19އަށް ފައްސިވެފައި ވެއެވެ. މީގެ ތެރެއިން 09 މީހުން ބަލިން ފަސޭހަވެފައިވާ އިރު، ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި ތިބީ 71 މީހުންނެވެ.

އެ ރަށުން ޖުމްލަ 1300 އަށްވުރެ ގިނަ ސުންކު ނެގިފައިވެއެވެ. އަދި 1160 އަށްވުރެ ގިނަ ގެއެއް ވަނީ ކަރަންޓީނު ކުރެވިފައެވެ.

ގައްދޫގެ ކޮވިޑް-19ގެ ހާލަތު ގޯސްވެ، ބަލި ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް ވަނީ މެދުކަނޑައިލައިފައެެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގދ.އަތޮޅުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ގދ. އަތޮޅުން އެންމެ ގިނަ ބަޔަކު ފައްސިވެފައި ވަނީ ވެސް 14 މީހުން ފައްސިވި ގައްދޫއިންނެވެ. އަދި ތިނަދޫއިން 4 މީހަކު މިއަދު ކޮވިޑަށް ފައްސިވެފައިވެއެވެ. ދެން އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ ގައްދޫއިންނެވެ. އެރަށުން 6 މީހަކު ފައްސިވެފައިވެއެވެ.

އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ގދ. އަތޮޅުގެ ހަރަކާތްތެރި ވޭދަނަތަކުގެ އަދަދު މިހާރު ވަނީ 231އަށް އަރައިފައެވެ. އަދި އެ އަތޮޅުން 204 މީހުން ބަލިން ފަސޭހަވެ، އެކަކު ވަނީ ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!