Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަމިއްލަ ގުރޫޕްތަކަށް ޙައްޖުގެ ފުރުސަތު ބަންދުކުރުމުން ކަންބޮޑުވުން ފާޅު ކޮށްފި

އަމިއްލަ ގުރޫޕްތަކަށް ޙައްޖުގެ ފުރުސަތު ބަންދުކުރުމުން ކަންބޮޑުވުން ފާޅު ކޮށްފި
މިއަހަރުގެ ޙައްޖަށް މީހުން ގެންދިޔުމަށް އަމިއްލަ ގުރޫޕްތަކަށް ފުރުސަތު ނުދޭން ނިންމުމާ ގުޅިގެން އެ ގުރޫޕްތަކުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ. "ދެން"އާ ވާހަކަ ދެއްކި ހައްޖު ގުރޫޕެއްގެ އިސް އޮފިޝަލަކު ވިދާޅުވީ ކޮވިޑްގެ މި ބަލިމަޑުކަމުގައި އެންމެން ވެސް މި ތިބީ ވަރަށް ބޮޑު ދަތި ކަމެއްގައި ކަމަށާއި އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ފުރުސަތު ލިބުމުން ވެސް އެ ފުރުސަތު އަމިއްލަ ގުރޫޕްތަކަށް ނުދިނުމީ އެ ފަރާތްތަކަށް ދެވޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ. " ދެވަނަ އަހަރު މި ދަނީ އެއްވެސް ދަތުރެއް ނުކުރެވި ، އުމްރާ ދަތުރެއް ވެސް ނޭޅި ، އަޅުގަނޑުމެން ވެސް އޮފީހަށް ބަރާބަރަށް އެބަ ކުލި ދައްކަމު ، އެހެން ޚަރަދުތައް ހަމަ އެބަ ހިނގާ، އެހެންވީމަ ފުރުސަތު ލިބޭއިިރު ކޮންމެވެސް މިންވަރެއް ޕްރައިވެޓް ގުރޫޕްތަކަށް ވެސް ދޭން ޖެހޭ ކަމަށް ދެކެނީ " އޭނާ ވިދާޅުވިއެވެ. ހައްޖު އުމްރާގެ އެހެން ކުންފުންޏަކުން ވެސް "ދެން"އަށް އެފަދައިން ކަންތައް ކުރުމަކީ އިންސާފުވެރި ގޮތެއް ކަމުގައި ނުދެކޭ ކަމަށާއި އަމިއްލަ ފަރާތްތަކަށް ފުރުސަތު ދެއްވުން އެދޭ ކަމަށެވެ. " ރައްކާތެރިކަމުގެ އެ އޮންނަ މިންގަނޑަކަށް ހަމަ އަޅުގަނޑުމެން ވެސް ފޮލޯ ކުރާނެ ދެއްތޯ، ސަރުކާރުން ކޮންމެވެސް މިންވަރެއް އަޅުގަނޑުމެންނަށް ދެއްވާތޯ އެދޭނަން" ހައްޖު ގުރޫޕްގެ އޮފިޝަލަކު ވިދާޅުވިއެވެ.

https://dhen.mv/95676 މި އަހަރުގެ ހައްޖަށް އަމިއްލަ ގުރޫޕްތަކަށް ފުރުސަތު ނުދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެކަން ހާމަ ކުރައްވަމުން އިސްލާމިކް މިނިސްޓަރ ޑރ.ޒާހިރު ވިދާޅުވީ މިއަހަރު ރާއްޖެއަށް ލިބޭނޭ ކޯޓާގެ އަދަދާއި ހައްޖުވެރީން އަމަލު ކުރަން ޖެހޭނޭ ޚާއްޞަ އުސޫލުތައް ސާފު ކުރެއްވުމަށް ސައުދީގެ ހައްޖު މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވައިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ސިޓީގެ ޖަވާބު އަދި ލިބިފައި ނުވާ ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް