Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާދަމާއިން ފެށިގެން މިމަހު 17 އަށް ބީއެމްއެލްއިން ލިބޭނީ ހަމައެކަނި ކާޑު ސެންޓަަރުގެ ހިދުމަތް

މާދަމާއިން ފެށިގެން މިމަހު 17 އަށް ބީއެމްއެލްއިން ލިބޭނީ ހަމައެކަނި ކާޑު ސެންޓަަރުގެ ހިދުމަތް

މާދަމާއިން ފެށިގެން މި ޖޫން މަހުގެ 17 ވަނަ ދުވަހާ ހަމައަށް ބޭންކް އޮފް މޯލްޑިވްސްގެ ކާޑު ސެންޓަރ ފިޔަވައި އެހެން ހުރިހާ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ބަންދުވާނެކަމަށް ބީއެމްއެލްއިން ވިދާޅުވެއްްޖެއެވެ.

ބީއެމްއެލްއިން މިގޮތަށް ނިންމައިފައި ވަނީ ކޮވިޑް 19ގެ ސަބަބުން އެޗްޕީއޭއިން ކަނޑައަޅައިފައިވާ އުސޫލުގެ ދަށުން ހިދުމަތް ދިނުމަށެވެ. މިގޮތުން މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މާލޭގައި ހުންނަ އެ ބޭންކުގެ ކާޑު ސެންޓަަރ ހުޅުވާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އަކުން މެންދުރުފަހު 2 އަކަށެވެ. ކާޑު ސެންޓަރުގެ ހުޅުމާލެ ބްރާންޗް ހުޅުވާނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން 2:00 އަށެވެ.

ބޭންކުގެ ހިދުމަތްތައް ބަންދު ނަމަވެސް އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާ ކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް މެދު ނުކެނޑި ލިބޭނެކަމަށް ވެސް ބީއެމްއެލްއިން ވިދާޅުވެއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން ކަސްޓަމަރުންނަށް ހިދުމަތް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހުކުރު، ހޮނިހިރު ފިޔަވައި އެހެން ދުވަސްތަކުގައި ބޭންކުގެ އަސާސީ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތްދިނުމުގެ އިތުރުން އޭޓީއެމްއަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ހިމެނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް