ބޮލީވުޑް

ޕާރލް ޕޫރީއަށް ކުރެވޭ ތުހުމަތު، ޖިންސީ އަނިޔާ ކުރިކަމަށް "ވިކްޓިމް" ވެސް ބުނޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކުޑަކުއްޖަކު ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިންޑިޔާގެ އެކްޓަރ ޕާރލް ޕޫރީ، ޖިންސީ އަނިޔާ ކޮށް ރޭޕްގައި ބައިވެރިވީކަމަށް ބުނަނީ ކުއްޖާގެ ބައްޕަ ނޫން ކަމަށާއި، ޕޮލިހުންނަށް ދިން ބަޔާނުގައި ވެސް ޕާރލްގެ ނަން ބުނީ އަނިޔާ ލިބުނު ކުއްޖާ ކަމުގައި އަނިޔާ ލިބުނު ކުއްޖާގެ ލޯޔަރު ބުނެފިއެވެ.

Ads by MWSC

ރޭޕްގެ ތުހުމަތުގައި ޕާރލް ހައްޔަކުރުކޮށްފައި ވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދަށް 14 ދުވަސް ވަނީ ޖަހައިފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯ ސްޓާރެއްގެ ދަރިއަކު ރޭޕް ކުރިކަމުގެ ތުހުމަތުގައިކަމަށް ރިޕޯޓްތަކުން ބުނެއެވެ. އެޔާއެކު ޕާރލްގެ ދިފާއުގައި ވަނީ ގިނަ ފަންނާނުންތަކެއް ނުކުމެ، އޭނާއާ މެދު ކުރަނީ ދޮގު ތުހުމަތެއްކަމަށް ބުނެފައެވެ. ޕާރލްގެ ދިފާއުގައި ނުކުތް ސެލެބްރިޓީންގެ ތެރޭގައި އެކްތާ ކަޕޫރު، އަނީތާ ހަސަނަންދާނީ، ޝުރްބީ ޖޯތީގެ އިތުރުން ކަރިޝްމާ ތަންނާ ވެސް ހިމެނެއެވެ.

އެކްތާ ކަޕޫރު ބުނި ގޮތުގައި ވިކްޓިމްގެ އާއިލާއާ ތަކުރާތުކޮށް ވާހަކަ ދެއްކުމުން ވެސް އެމީީހުން ވަނީ ޕާރލް އާ މެދު ދޮގު ތުހުމަތުތަކެއްކަމަށާއި ޕާރލް "ފްރޭމް" ކުރީ ކުއްޖާގެ ބައްޕަކަމަށް ބުނެފައިވާ ކަމަށެވެ.

އެހެން ނަމަވެސް ކުއްޖާގެ ބައްޕަ ބުނެފައި ވަނީ އެއީ ދޮގެއް ކަމަށާއި ދަރިފުޅު ރޭޕްކުރުމުގައި ޕާރލް ބައިވެރިވެފައިވާކަމަށް ބުނެފައި ވަނީ ދަރިފުޅުކަމަށާއި ދަރިފުޅަށް އަނިޔާވެފައިވާކަން މެޑިކަލް ރިޕޯޓްތަކުން ވެސް ފެންނަކަމަށެވެ.

އެކްތާގެ މި ވާހަކަތަކަށް މުމްބާއި ފުލުހުން ވެސް ވަނީ ރައްދުދީފައެވެ. ފުލުހުން ބުނީ ކުއްޖާގެ ބަޔާން ނަގައި މެޑިކަލް ޓެސްޓްތައް ހަދާފައިވާ ކަމަށާއި ޕާރލްގެ ބައިވެރިވުން އެކަމުގައި އޮތްކަމުގެ ހެކި ހުރި ކަމަށެވެ.

ޑްރާމާ ސީރީޒް ނާގިން 3އިން ބެލުންތެރިންގެ މަގްބޫލުކަން ހޯދި ޕާރލް ފާހަގަ ކޮށްލެވޭ ޑްރާމާތަކުގެ ތެރޭގައި، ބޭޕަނާ ޕިޔާރު އަދި ބްރަހަރަކްޝާ 2 ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!