Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މެދުކެނޑުމަށްފަހު "ލާލް ސިންގް ޗައްޑާ"ގެ ޝޫޓިންއާ އާމިރު ގުޅިއްޖެ

މެދުކެނޑުމަށްފަހު "ލާލް ސިންގް ޗައްޑާ"ގެ ޝޫޓިންއާ އާމިރު ގުޅިއްޖެ

ކޮވިޑް 19ގެ ސަބަބުން ހުއްޓިފައި އޮތް، އާމިރް ހާންގެ ފިލްމް "ލާލް ސިންގް ޗައްޑާ"ގެ ޝޫޓިން އަލުން ފަށައި، ފިލްމްގެ ޝޫޓިން ޓީމާ އާމިރް ހާން ގުޅިއްޖެއެވެ.

އެހެން ނަމަވެސް އިންޑިޔާގެ ހާލަތު ރަނގަޅުވުމާ އެކު މިހާރު އަލުން ޝޫޓިންތައް މިވަނީ ފަށައިފައެވެ. މިއާއެކު ބޮލީވުޑް އެންމެ ކާމިޔާބު ފަންނާނުކަމަށްވާ އާމިރްހާން ވެސް ވަނީ އެނބުރި މަސައްކަތަށް ނުކުމެފައެވެ.

ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅާއެކު ފިލްމްގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ހަމަޖެހިފައި ވަނީ މުމްބާއިގައިކަމަށް ރިޕޯޓްތައް ބުނެއެވެ.

Advertisement
HDC — Sidebar (box)

ފިލްމްގައި އާމިރް އަދާ ކުރާ ރޯލަށް ތައްޔާރުވުމުގެ ގޮތުން އޭނާ ވަނީ މިދިޔަ ހަފްތާގައި ބޯ ކޮށާލާ ހެޔަރ ސްޓައިލް ބަދަލުކޮށްފައިކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ފިލްމްގައި އާމިރު ހާންގެ އިތުރުން ކަރީނާ ކަޕޫރާއި ނަގާ ޗައިތަނީ ފެނިގެންދާނެއެވެ. ކުރިން ޝެޑިއުލްކޮށްފައި އޮތް ގޮތުން ނަމަ މިއަހަރުގެ ޑިސެމްބަރު މަހު ފިލްމް ރިލީޒް ކުރާނެއެވެ. އެހެން ނަމަވެސް ކޮވިޑް19ގެ ސަބަބުން ފިލްމުގެ ކަންކަން ޑިލޭ ވެފައިވާތީ މިހާރު އޮތް ގޮތުން ފިލްމް އެޅުވޭ ވަރުވާނީ އަންނަ 2022 ވަނަ އަހަރުކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އިންޑިޔާއަށް ކޮވިޑް 19ގެ ދެވަނަ ރާޅެއްއައި ހާލަތު ނުރައްކާވުމާ އެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. މިއާއެކު ފަންނާނުންގެ ޝޫޓިންތައް މެދުކަނޑައިލައި ފިލްމީ މަސައްކަތްތައް ވަނީ މަޑު ޖައްސައިލައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް