Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލޭ “ލޭންޑް ޔޫސް” ޕްލޭނާ ބެހޭގޮތުން މިރޭ ރައްޔިތުންނާ ބައްދަލުކުރަނީ

މާލޭ “ލޭންޑް ޔޫސް” ޕްލޭނާ ބެހޭގޮތުން މިރޭ ރައްޔިތުންނާ ބައްދަލުކުރަނީ

މާލޭގެ ލޭންޑް ޔޫސް ޕްލޭންއާ ބެހޭ ގޮތުން ސިޓީކައުންސިލާއި ޕްލޭނިންގ މިނިސްޓްރީން ރައްޔިތުންނާ މިރޭ ބައްދަލުކޮށް މަޝްވަރާ ކުރަން ނިންމައިފިއެވެ.

މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި އޮންލައިން ޕްލެޓްފޯމް ޒޫމް މެދުވެރިކޮށް ކަމަށާއި މާލޭގެ ރައްޔިތުންނަށް މި ބައްދަލުވުމަށް ދައުވަތު އަރުވާކަމަށެވެ.

މިބައްދަލުވުމުގައި މާލޭ ލޭންޑް ޔޫސް ޕްލޭންގައި ހިމަނާފައިވާ ކަންކަމާއި އަދި އަލަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަނީ ނިންމައިފައެވެ.

Advertisement
Allied Insurance — Square (box)

މިބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ހުށައަޅަން ފެންނަ ކަންކަމާއި ދޭން ބޭނުންވާ ޚިޔާލާއި ލަފާ ޒޫމްގެ ޗެޓް މެދުވެރިކޮށް ބައްދަލުވުމުގެ ތެރެއިން ހިއްސާކުރެވޭނެކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި ވަގުތު އޮތް މިންވަރަކުން ބައްދަލުވުމުގައި ވާހަކަދެއްކުމުގެ ފުރުސަތު ވެސް ދޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ލިންކު ސަރުކާރުގެ ގެޒެޓާއި މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޓުވިޓަރ އެކައުންޓު މެދުވެރިކޮށް ފެންނާނެއެވެ. އަދި ބައްދަލުވުމުގެ ލިންކް ވަނީ މޭޔަރ ކުރެއްވި ޓްވީޓްގައި ވެސް ހިއްސާކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް