ޚަބަރު

ސެލޫންތައް ހިނގުމަށް ދިމާވާ ދަތިތައް ރައީސް އަޑުއައްސަވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ ޕީއެސްއެމް

ކޮވިޑް19ގެ ހާލަތާ ގުޅިގެން މާލެ ސަރަހައްދުގައި ހިންގާ ސެލޫންތައް ހިންގުމުގައި ދިމާވާ ދަތިތަކާ ހުރި ގޮންޖެހުންތައް ސެލޫންތަކުގެ ވެރިން، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްއާ ހިއްސާކޮށްފިއެވެ.

Ads by STELCO

ބަލީގެ ނުރައްކާތެރިކަން ބޮޑުވެ މާލެ ސަރަހައްދުގައި ފިޔަވަޅުތައް ހަރުކަށިކޮށްފައިވާ މިދަނޑިވަޅުގައި ސެލޫންތައް ބަންދުކުރުމުން ސެލޫންތަކަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.

ސެލޫންތަކުގެ ވެރިންނާ އޮންލައިންކޮށް ބައްދަލު ކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގައި އަޅައިފައިވާ ފިޔަވަޅުތަކަށް ލުއި ދެއްވާއިރު ސެލޫންތަކަށް ދިމާވެފައިވާ ދަތިތަކާއި މައްސަލަތަކަށް ރިއާޔަތްކޮށް އެކަންތައްތަކަށް ވިސްނައިގެން ލުއިދިނުމުގެ ކަންތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ސެލޫންތަކުގެ ވެރިންނަށް ދެއްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކޮވިޑުން ރައްކާތެރިވުމަށް މާލެ ސަރައްދުގައި މިހާރު އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ބޭރަށް ނިކުންނަ އިރު ހާއްސަ ހުއްދައެއް ބޭނުންވުމާއި، ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގުން ހިމެނެއެވެ.

ބަލިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމާއެކު ބަލިޖެހޭ މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ. އެޔާއެކު ފިޔަވަޅުތަކަށް ލުއި ދިނުމުގެ މަޝްވަރާތައް ފެށިފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!