Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކުޑަކުދިންގެ ބަގީޗާއިން ދޫންޏެއް ވަގަށް ނެގި މީހަކު ހޯދަނީ

ކުޑަކުދިންގެ ބަގީޗާއިން ދޫންޏެއް ވަގަށް ނެގި މީހަކު ހޯދަނީ

ކުޑަކުދިންގެ ބަގީޗާ ތެރެއަށް ވަދެ، އެތަނުން ދޫންޏެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން މިއަދު ވީޑިއޯއެއް އާންމުކޮށްފިއެވެ.

ފުލުހުން އާންމުކުރި ކުރު ވީޑިއޯ ކްލިޕަކުން ފެންނަނީ ކަޅު ކުލައިގެ ޓީޝާޓަކާ ސޯޓެއް ލައިގެން ހުރި ފިރިހެނަކު ކުޑަކުދިންގެ ބަގީޖާއިން އެ ދޫނި ނަގާ މަންޒަރެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ވަންނަނީ، ކުޑަކުދިންގެ ބަގީޗާގެ ދެކުނު ފަރާތުގައި ހުންނަ ދޫނި ކޮއްޓަށެވެ. އަދި ދޫނި ގެންދިޔަ ކަމަށް ބެލެވެނީ އޭނާގެ އަތުގައި އޮތް ފެހި ކުލައިގެ ކޮތަޅެއްގެ ތެރެއަށް ލައިގެންނެވެ.

https://twitter.com/PoliceMv/status/1404676974660919297?s=20

Advertisement
Ooredoo — Truecaller (box)

އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފުލުހުންގެ ޖެނަރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696އަށް ގުޅުމަށް ފުލުހުން އެދިލައްވައެވެ. އަދި މި މައްސަލައިގެ އިންވެސްޓިގޭޝަން ނަންބަރު ކަމަށްވާ 486858 ވިދާޅުވެ، އެ މައުލޫމާތު ހިއްސާކުރެއްވުމަށް ވެސް ފުލުހުން ވަނީ އެދިލައްވައިފައެވެ.

ވައްކަމުގެ މިފަދަ މައްސަލަތަކުގައި އާންމުންގެ އެހީތެރިކަމަށް މީގެ ކުރިން ވެސް ފުލުހުން ވަނީ އެދިލައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް