Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނަސްރީނާގެ ހާލުކޮޅު ރަނގަޅު: ރައީސް މައުމޫން

ނަސްރީނާގެ ހާލުކޮޅު ރަނގަޅު: ރައީސް މައުމޫން

ކޮވިޑް-19އަށް ފައްސި ވެފައިވާ، ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ އިބްރާހިމްގެ ހާލުކޮޅު ރަނގަޅު ކަމަށް އެކަމަނާގެ ފިރިކަލުން އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މެޑަމް ނަސްރީނާގެ ހާލުކޮޅު ބަޔާން ކޮށްދެއްވަމުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ނަސްރީނާގެ ހާލުކޮޅު ރަނގަޅު ކަމަށާއި އެކަމަށް ޓަކައި މާތް ﷲއަށް ހަމްދުކުރައްވާ ކަމަށެވެ.

ނަސްރީނާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހާމަ ކުރައްވާފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ. އުމުރުފުޅުން 71 އަހަރު ފުރިފައިވުމާ އެކު އެކަމަނާއަކީ ހައިރިސްކް ކެޓަގަރީގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލަކަށްވުމުން، އެކަމަނާގެ ބަލި ހާލާ މެދު އެތައް ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

Advertisement
Ooredoo — Truecaller (box)

ކޮވިޑް-19އަށް މެޑަމް ނަސްރީނާ ފައްސިވީ އިރު އެކަމަނާއާއި ރައީސް މައުމޫން ވެސް މީގެ ކުރިން ވަނީ އެ ބަލިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަ ކުރައްވައިފައެވެ.

މެޑަމް ނަސްރީނާ ކޮވިޑަށް ޓެސްޓު ކުރެއްވީ އެކަމަނާ ދިރިއުޅުއްވާ ގެއިން އެހެން ބަޔަކު ވެސް މި ބައްޔަށް ފައްސިވުމުންނެވެ. އެކަމަނާއާ އެކު ރައީސް މައުމޫން ވެސް ކޮވިޑް-19އަށް ޓޭސްޓު ކުރެއްވިއެވެ. ނަމަވެސް އެމަނިކުފާނު މި ބައްޔަށް ނައްސިއެވެ. ރައީސް މައުމޫން މިދިޔަ އަހަރުގެ އޮގަސްޓު މަހު މި ބައްޔަށް ފައްސިވެ، ދަރުމަވަންތަ ހޮސްޕިޓަލުން ފަރުވާ ހޯއްދަވައިފައި ވެސް ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް