Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސަރުކާރު އޮފީސްތައް މި މަހު 22 އާ ހަމައަށް ބަންދު

ސަރުކާރު އޮފީސްތައް މި މަހު 22 އާ ހަމައަށް ބަންދު

ކޮވިޑް-19އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދު ކުރަން ހަމަޖައްސާފައިވާ މުއްދަތު، މި މަހުގެ 22އާ ހަމައަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިތުރު ކުރައްވައިފިއެވެ.

އެގޮތުުން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފަ އިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މި މުއްދަތުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ތަބާވުމަށާއި، އެ އެޖެންސީގެ އެންގުންތަކަށް ފުރިހަމައަށް އަމަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް ޞާލިޙް އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ.

ސަރުކާރު އޮފީސްތައް ބަންދުކޮށް، ގޭގައި މަސައްކަތް ކުރަން ކުރިން އަންގާފައިވާ އެންގުމުގެ މުއްދަތު ހަމަވީ މިއަދަށެވެ. އެހެންކަމުން އެ މުއްދަތު އަނެއްކާވެސް އެއް ހަފްތާއަށް މިހާރު ވަނީ އިތުރު ކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

ރައީސް އޮފީހުން ނެރުއްވި ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ގޭގައި ތިބެގެން މުވައްޒަފުންނަށް ކުރެވެން ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ރައީސް ޞާލިޙް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

ނަމަވެސް ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ޓަކައި މުވައްޒަފުން އޮފީހަށް ހާޒިރުވާން ޖެހިއްޖެ ނަމަ އެ އިދާރާގެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތުގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތްކުރެވޭނެ ކަމަށާއި، މަސައްކަތް ކުރެވޭނީ އެޗްޕީއޭއިން ކަނޑައަޅާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް