ޚަބަރު

މާލޭގެ ހުރިހާ މިސްކިތެއްގައި އެކަނިނަމާދު ކުރެވޭ ގޮތަށް ހުޅުވައިލައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މާލޭގެ ހުރިހާ މިސްކިތެއްގައި އެކަނި ނަމާދު ކުރެވޭ ގޮތަށް ހުޅުވާލައިފިއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ހުރިހާ މިސްކިތެއްގައި އެކަނި ނަމާދު ކުރެވޭނެ ކަމަށާއި އެހެން ނަމަވެސް އަދިި ޖަމާއަތުގައި ނަމާދު ނުކުރެވޭނެ ކަމަށެވެ.

މި ގޮތަށް ހުޅުވައިލަން ނިންމާފައިވީ ނަމަވެސް އެގޮތަށް އަމަލު ކުރަން ފަށާނީ އެބޭފުޅުން އެތަންތަން ބަލައި އިންސްޕެކްޓް ކުރުމަށް ފަހުގައި ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ޑރ ނަޒްލާ އިތުރަށް ވިދާޅުވީ، މާލޭގެ ކާފިއު ވަގުތަށް ބަދަލު ގެނެވިފައިވާ ކަމަށާއި، އެގޮތުން މިހާރު މާލޭގައި ކާފިއު ހިންގާ ވަގުތަކީ ހަވީރު 4:00އިން ފަތިހު 4:00އަށް ކަމަށެވެ. އަދި ހެނދުނު 8:00އިން ހަވީރު 4:00އާ ދެމެދު ގެއިން ބޭރަށް ނިކުންނަ ނަމަ ދޫކުރެވިފައިވާ ހުއްދަ ނުވަތަ ހައުސް ހޯލްޑް ޕާމިޓް ބޭނުން ވާނެ ކަމަށް ވެސް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!