ޚަބަރު

ނަފުރަތުގެ އަމަލު ޖިނާއީ ކުށަކަށް ހަދާ ބިލާ ދެކޮޅަށް 31 ކައުންސިލުން ބަޔާން ނެރެފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސް ކުރުމާ ދެކޮޅަށް 31 ކައުންސިލަކުން ބަޔާން ނެރެފިއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖީލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި މި އިސްލާހަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެ އިސްލާހާ ދެކޮޅު ކެމްޕޭނެއް ވަނީ މީސް މީޑިޔާގައި ފަށައިފައެވެ. މިއާއެކު ރަށު ކައުންސިލްތަކުންނާއި އަތޮޅު ކައުންސިލްތަކުން ވަނީ އެ އިސްލާހާ ދެކޮޅަށް ބަޔާން ނެރެން ފަށައިފައެވެ.

މެމްބަރު ހިސާނު ހުށަހެޅި ބިލާ ދެކޮޅަށް ބަޔާން ނެރުނު ކައުންސިލުތައް:

  • މާލެސިޓީ ކައުންސިލު
  • ރ. މީދޫ ކައުންސިލު
  • ރ. ހުޅުދުއްފާރު ކައުންސިލު
  • ހއ. އިހަވަންދޫ ކައުންސިލު
  • ނ. ހެނބަދޫ ކައުންސިލު
  • ރ. މަޑުއްވަރީ ކައުންސިލު
  • ހއ. އުތީމު ކައުންސިލު
  • ހދ. ނާވައިދޫ ކައުންސިލު
  • ހއ. ކެލާ ކައުންސިލު
  • ވ. ތިނަދޫ ކައުންސިލު
  • މ. ދިއްގަރު ކައުންސިލު
  • ދ. ކުޑަހުވަދޫ ކައުންސިލު
  • ރ. އަނގޮޅިތީމު ކައުންސިލު
  • ހދ. ނޮޅިވަރަން ކައުންސިލު
  • ތ. ހިރިލަންދޫ ކައުންސިލު
  • އދ. މާމިގިލީ ކައުންސިލު
  • ކ. ގުރައިދޫ ކައުންސިލު
  • ބ. އޭދަފުށި ކައުންސިލު
  • ހދ. ނެއްލައިދޫ ކައުންސިލު
  • މ. މަޑުއްވަރީ ކައުންސިލު
  • ވ. ކެޔޮދޫ ކައުންސިލު
  • ތ. ގާދިއްފުށި ކައުންސިލު
  • ލ. ދަނބިދޫ ކައުންސިލު
  • އއ. ބޮޑުފޮޅުދޫ ކައުންސިލު
  • ލ. ފޮނަދޫ ކައުންސިލު
  • ނ. މަނަދޫ ކައުންސިލު
  • ތ. މަޑިފުށި ކައުންސިލު
  • ނ. މާމެންދޫ ކައުންސިލު
  • ނ. މާފަރު ކައުންސިލު
  • ށ. ގޮއިދޫ ކައުންސިލު
  • ރ. ދުވާފަރު ކައުންސިލު

ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ކަމަށް ވިދާޅުވެ ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު ހިސާން ހުށަހެޅުއްވި މި ބިލްގެ އިބްތިދާއީ ބަހުސް ނިންމައި އެ ބިލު ބަލައިގަތުމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 38 މެމްބަރަކު ވޯޓު ދެއްވިއެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވީ 17 މެމްބަރުންނެވެ. މިއާއެކު އެ އިސްލާހު ވަނީ މަޖިލީހުގެ ޖުޑީޝަލް ކޮމިޓީއަށް ފޮނުވައިފިއެވެ.

Ads by Allied Insurance
  1. ސާބަހޭ ކައުންސިލުން

  2. ނަފުރަތު

    މުޅިޤައުމު އެކަމަކަށް ނުރުހިއޮއްވާ އެފަދަބިލެއް ފާސްކުރަން އުޅޭބަޔަކީވެސް، ދީނާ ޤައުމާ ދެކޮޅުބަޔެކޭ ބުނުމުގެ ޖާދައޮތޭ ބުނެވެނީ މިހެން މިކަންކަންވާތީ… ހާދަދެރައޭ….