Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މާލޭގައި ރޭންޑަމް ސާމްޕަލް ނަގަން އަލުން ފަށައިފި

މާލޭގައި ރޭންޑަމް ސާމްޕަލް ނަގަން އަލުން ފަށައިފި

ކޮވިޑް-19އަށް ފައްސި ވޭދަނަތައް މަދުވާން ފެށުމާ އެކު މަގުމަތީގެ އެކި ހިސާބުތަކުން ރެންޑަމް ސާމްޕަލް ނަގަން އަލުން ފަށައިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިއަދު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީއާއި ރައީސް އޮފީސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ އެކްޓިވް ސަވައިލަންސްގެ މަސައްކަތްތަކާ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް، ފައްސިވީ މީހުންގެ އަދަދު އިތުރުވާތީ މަޑުޖައްސައިލުމަށް ފަހު މިހާރު އަލުން ފަށައިފައިވާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19އަށް ފައްސިވާ 80 އިންސައްތަ މީހުންނާ އެއްތާވި މީހުން ހޯދުން (ކޮންޓެކްޓް ޓްރޭސިންގް) 24 ގަޑިއިރު ތެރޭ ނިިންމަން ޖެހޭ ކަމަށެވެ. އަދި 48 ގަޑިއިރު ތެރޭ ހުރިހާ ވޭދަނަތަކެއްގެ އެއްތާވި މީހުން ހޯދަން ޖެހޭ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

"ފައްސިވާ ވޭދަނަތައް މާ ބޮޑަށް އިތުރުވުމުން މި މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތުގައި ނިންމަން އުނދަގޫވޭ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެއްތާވި މީހުންނާއި އެކްޓިވް ސަވައިލަންސް މަޑުޖައްސައިލުމުން މިހާރު ފެންނަ ގިނަ ވޭދަނަތަކާ އެހެން ވޭދަނަތަކާ ގުޅުމެއް ނެތް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް