Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮވިޑް-19: ގަމުން ނިޔާވީ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ މީހެއް

ކޮވިޑް-19: ގަމުން ނިޔާވީ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ މީހެއް

ކޮވިޑް ޖެހިގެން އިތުުރު މީހަކު ނިޔާވެ، މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 199 އަށް އަރައިފިއެވެ.

މިރޭ ނިޔާވެފައި ވަނީ ލ.ގަމު އަންހެނެކެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަލީ ނަޝީދު ވިދާޅުވީ، ނިޔާވެފައި ވަނީ އުމުރުން 59 އަހަރުގެ އަންހެނެއް ކަމަށާއި އޭނާއަކީ ކެންސަރަށް ވެސް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ.

Advertisement
HDC — Sidebar (box)

ޖޫން 12 ވަނަ ދުވަހުވެސް ގަމު ކޮވިޑް-19 ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު ވަނީ ނިޔާވެފައެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް