ޚަބަރު

ކޮވިޑް-19: ފިޔަވަޅުތަކަށް ލުޔެއް، މިއަދު 224 މީހުން ބައްޔަށް ފައްސިވި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފެތުރެމުން އަންނަ ކޮވިޑް-19އަށް ރާއްޖެއިން މިއަދު އިތުރު 224 މީހުން ފައްސި ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އޭގެ ތެރެއިން މާލެ ސަރަޙައްދުން ފައްސި ވީ 111 މީހުންނެވެ.

Ads by Sosun Fihaara

އެޗްޕީއޭގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު އަތޮޅު ތެރެއިން މި ބައްޔަށް ފައްސި ވީ 105 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން 8 މީހަކު ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު މުޅިއަކު 70،897 މީހުން ވަނީ ކޮވިޑް-19އަށް ފައްސި ވެފައެވެ. އަދި ބަލިން ފަސޭހަ ވީ މީހުންގެ ޖުމްލަ އަދަދަކީ 62,533 އެވެ. ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މިވަގުތު 8،155 މީހުން ތިބި ކަމަށާއި ހޮސްޕިޓަލުތަކުގައި މިވަގުތު 79 މީހަކު މި ބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށް ވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދަކީ މިހާރު 199އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!