ޚަބަރު

ސެލޫންތަކުން ހުއްދައަށް އެދެން ހުޅުވައިލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލެ ސަރަހައްދުގައި ހިދުމަތް ދެމުންދާ ބޯކޮށާ ތަންތަނާއި ސެލޫންތައް އެޕޮއިންޓްމަންޓު އުސޫލުން ހިދުމަތްދޭ ގޮތަށް ހުޅުވައިގެން ހިދުމަތް ދިނުމުގެ ފުރުސަތަށް އެދެން ހުޅުވައިލައިފިއެވެ.

Ads by STELCO

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށް މާލެ ސަރަޙައްދުގައި އެޅިފައިވާ ފިޔަވަޅުތަކަށް 16 ޖޫން 2021އިން ފެށިގެން ލުއިދިނުމުގެ ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަޙައްދުގައި ޚިދުމަތްދެމުންދާ ބޯކޮށާ ތަންތަނާއި ސެލޫންތައް އެޕޮއިންޓްމަންޓު އުޞޫލުން ޚިދުމަތްދިނުމުގެ ފުރުޞަތު މިހާރު ދެވިފައިވާ ކަމަށެވެ.

އަދި މިގޮތަށް އެޕޮއިންޓްމަންޓު އުޞޫލުން ޚިދުމަތް ދިނުމަށް ބޭނުންވާ ބޯކޮށާ ތަންތަނާއި ސެލޫންތަކުން ތިރީގައިވާ މައުލޫމާތު ހިމެނޭގޮތަށް ތަނުގައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން ޚިދުމަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލެއް ތައްޔާރުކޮށް [email protected] މެއިލް ހުށަހެޅުއްވުމަށެވެ.

އެ އުސޫލުގައި ތަނުގައި މަސައްކަތްކުރުމަށް ކަނޑައަޅައިފައިވާ ގަޑިތައް، ކޯވިޑް-19އިން ރައްކާތެރިވުމަށް ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން ދުވާލެއްގެ މައްޗަށް ޚިދުމަތް ދެވޭ މީހުންގެ އަދަދު އަދި އެޕޮއިންޓްމަންޓު ހެދުމަށް ކަނޑައަޅާގޮތް ހިމަނަން ވާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެ މައުލޫމާތާއެކު ޚިދުމަތް ފެށުމަށް އެދި ހުށަހެޅުމުން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިންސްޕެކްޝަންތަކާ ބެހޭ ބައިން، ތަންތަނުން ހުށަހަޅައިފައިވާ އުޞޫލު ރިވިއުކޮށް ތަން އިންސްޕެކްޓް ކުރާނެއެވެ. އަދި ހުށަހަޅާ އުޞޫލު ރިވިއުކޮށް އިންސްޕެކްޝަން ހަދައި 48 ގަޑިއިރުތެރޭގައި ހުއްދަދިނުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެއެވެ. އެޗްޕީއޭއިން ވިދާޅުވީ މިގޮތުން ޚިދުމަތް ފަށަން ވާނީ އިންސްޕެކްޝަންއަށް ފަހު ޚިދުމަތް ފެށުމަށް ހުއްދަ ދިނުމުން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!