Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ތިނަދޫގައި ފަރުވާ ހޯދަމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ

ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. “ދެން” އަށް މައުލޫމާތުލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 79 އަހަރުގެ ފިރިހެނެކެވެ. އެމީހާއަކީ ގއ.ދާންދޫއަށް ނިސްބަތްވާ މީހެކެވެ.

އެމީހާ ނިޔާވެފައި ވަނީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ.

މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 200 ވަނަ މީހާއެވެ. މައްޔިތާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން! إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް