Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިނިސްޓްރީތަކުގެ ދާއިރާތަކަށް ގެނައި ބަދަލުތަކަށް މަޖިލީހުން ރުހުންދީފި

މިނިސްޓްރީތަކުގެ ދާއިރާތަކަށް ގެނައި ބަދަލުތަކަށް މަޖިލީހުން ރުހުންދީފި

އެންވަޔަރަމަންޓް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ ދާއިރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ގެންނެވި ބަދަލުތަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

ދެ މިނިސްޓްރީގެ ދާއިރާތަކަށް ގެންނެވި ބަދަލުތަކަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވައިފައި ވަނީ 51 މެމްބަރުންނެވެ.

އެގޮތުން ހެލްތު މިނިސްޓްރީގެ ދާއިރާއަށް ގެންނެވި ބަދަލަކީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އަކީ އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ހަމަޖެއްސެވުމެވެ. ކުރިން، އެ އޭޖެންސީ ހިންގަމުން އައީ ޖެންޑަރ މިނިސްޓްރީގެ ދަށުންނެވެ. މިގޮތަށް ރައީސް ޞާލިހް ނިންމެވީ އެންޑީއޭގެ މަސައްކަތާ މެދު ގިނަ ބަޔަކު ފާޑު ކިޔައި، ހިތްހަމަ ނުޖެހުން ފާޅުކޮށް އަދި އެ އެޖެންސީ ރީފޯމް ކުރުމަށް ގޮވާލަމުން ދިޔަ ދަނޑިވަޅެއްގައެވެ.

Advertisement
Ooredoo — Truecaller (box)

އެންވަޔަރަމެންޓް މިނިސްޓްރީގެ ދާއިރާއަށް ރައީސް ޞާލިޙް ގެންނެވި ބަދަލަކީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީން ކުރަމުން އައި މަސައްކަތްތައް އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމެވެ. ޓެކްނޮލޮޖީ މިނިސްޓްރީ އުވާލުމަށް ރައީސް ޞާލިޙް ނިންމެވީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. އެ މިނިސްޓްރީގެ މެންޑޭޓުތައް އެންވަޔަރަމެންޓަށް ބަދަލުކުރެވުމުން މިހާރު އެ މިނިސްޓްރީގެ ނަމަކީ "މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ" އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް