ކޮވިޑު ވައިރަސް ނައްތައިލާކަން ޔަގީންކުރެވުނު ފުުރަތަމަ 2 ބޭސް؛ މޮނޮކޮލޯނަލް އެންޓިބޮޑީޒް
ކޮވިޑް 19 ވައިރަހަށް ސީދާ ހަމަލާދީ އެ ވައިރަސް ނައްތައިލާ ބޭހެއް ފުރަތަމަ ފަހަރަށް ދެނެގަނެވިއްޖެކަމަށް އޮކްސްފޯޑް ޔުނިވާރސިޓީން ބުނެފިއެވެ.
މި ބޭހަކީ ލެބޯޓަރީގައި އުފައްދާ އެންޓިބޮޑީޒްއެއް ކަމަށްވާ މޮނޮކޮލޯނަލް އެންޓިބޮޑީޒް ބޭނުންކޮށްގެން އުފައްދައިފައިވާ ދެ ބޭސް ކަމަށްވާ ކެސިރިވިމަބްއާއި އިންޑެވިމަބް ކަމަަސް އޮކްފޯޑް ޔުނިވާރސިޓީން ވަނީ ބުނެފައެވެ.
އެ ޔުނިވާރސިޓީން ބުނީ މޮނޮކޮލޯނަލް އެންޓިބޮޑީޒް ބޭނުންކޮށްގެން ކުރި ދިރާސާ ކުރިއަށް ގެންދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18އިން ފެށިގެން ހުސްވި މެއި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ކަމަށާއި މި މުއްދަތުގައި ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރި 9785 މީހުންގެ ތެރެއިން ރެންޑަމްކޮށް މި ފަރުވާ ދީފައިވާކަމަށާއި މިފަރުވާއިން ސީދާ ކޮވިޑް ވައިރަހަށް ހަމާލާދީ އެ ނައްތާލާކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.
“މޮނޮކޮލޯނަލް އެންޓިބޮޑީޒް ބޭނުންކޮށްގެން ހެދި ރިކަވަރީ ޓްރައިލްއިން ކޮވިޑް19 އިން ފުރާނަ ސަލާމަތް ކުރެވޭނެ ފަރުވާއެއް ޔަގީންވުމަކީ އުފާވެރި ހަބަރެއް. އަދި މި ޓްރައިލްގައި ބައިވެރިވި ހުރިހާ ޕޭޝަންޓުންނަށް ޝުކުރު އަދާކުރަން" ފަރުވާއާ މެދު އުފަލުން ހުރި، އެންއައިއެޗްއާރު ކްލިނިކަލް ރިސާޗްގެ މެޑިކަލް ޑިރެކްޓަރ ޕްރޮފެސަރ ނިކް ލެމޮއިން ވިދާޅުވިއެވެ.
ކޮވިޑާ ދެކޮޅަށް މިހޯދުނު ފަރުވާއާ މެދު ރާއްޖޭގެ ސިއްހީ މާހިރުން ވެސް ތިބީ ހިތްހަމަޖެހިފައެވެ. މިގޮތުން ރާއްޖޭގައި ކޮވިޑްޖެހިފައިވާ ކުޑަ ކުދިންނާ އެންމެ ގާތުން މަސައްކަތް ކުރައްވާ ޑޮކްޓަރ އަހުމަދު ފައިސަލް ވަނީ ފަރުވާގެ މައުލޫމާތުތަކެއް ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ.
"ކޮވިޑުގައި އެނދުމަތި ކުރަން ޖެހޭމީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި މިހާތަނަށް ސީދާ ވައިރަހަށް ހަމަލާދީ އެނައްތައިލާކަން ޔަގީންކުރެވުނު ފުުރަތަމަ 2 ބޭސް؛ މޮނޮކޮލޯނަލް އެންޓިބޮޑީޒް މީ ލެބުގައި އުފައްދާ އެންޓިބޮޑީޒް" މައުލޫމާތުތަކާ އެކު ޑރ. ފައިސަލް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
މާތް ﷲ ގެ ކިބަފުޅަށް ހަމްދު ހުރި
އަލްހަމްދުލިއްލާހި
އަލްހަމްދުލިއްލާހި ﷲއައްހަމްދާއިސުކުރު ކުރަން
އަލްޙަމްދުލިއްލާހި
الحمد لله شكر
އަލްހަމްދުލިއްލާހި
الحمدلله
ަެތިގެއްލުނީ ބައެއްގެ ލާރި ގަޑެއް..