ޚަބަރު

ބަންދު ކޮށްގެން ގެންގުޅޭ މީހާގެ މައްސަލަ ޖެންޑާއާ ގުޅިގެން ދަނީ ބަލަމުން: ފުލުހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސީރިއާއަށް ދާން އުޅޭ ކަމަށް ބުނެ 26 އަހަރުގެ ޒުވާން އަންހެނަކު ގޭގައި ބަންދުކޮށްގެން ގެން ގުޅޭ މައްސަލަ ބަލަމުން ދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އައްޑޫސިޓީ މަރަދޫ ގައި އަންހެނަކު ބޭރަށް ނުދެވޭ ގޮތަށް ގަދަކަމުން ގެއެއްގައި ގެންގުޅޭ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ޖެންޑާ މިނިސްޓްރީއާ ގުޅިގެން ބަލަމުން ދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިޝްފާ ނަމަކަށް ކިޔާ މި ޒުވާނާ ވަނީ އޭނާ އުޅެން ޖެހިފައިވާ ހާލު ފޭސްބުކްގައި ވަރަށް ތަފްސީލްކޮށް ހިއްސާކޮށް، އޭނާ ސަލާމަތް ކޮށްދިނުމަށް އެދި އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ.

އެގޮތުން 2016ވަނަ އަހަރު މިޝްފާ ފިލައިގެން ސީރިއާއަށް ދާން އުޅޭ ކަމަށް ބުނެ އާއިލާއިން ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ކުރީން ވެސް އާއިލާ ދޫކޮށް އޭނާ މާލެއަށް ދިޔައީ އާއިލާއިން މިގޮތަށް ކަންތައް ކުރާތީ ކަމަށާއި އޭނާ ދިޔައީ ސީރިއާއަށް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

އޭނާ ބުނެފައި ވަނީ މާލެ ދިޔައީ ކައިވެނި ކުރަން ކަމަށާއި އޭނާ ޕާސްޕޯޓު ވެސް ނުގެންދާ ކަމަށެވެ. އެހެންކަމުން ފުލުހުންނަށް ވެސް އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެތް އެ މައްސަލައިގައި ހޯދިފައެއް ނުވެއެވެ. ނަމަވެސް މިޝްފާގެ ބައްޕައަކީ ނުފޫޒުގަދަ މީހަކަށް ވާތީ އޭނާ ވަނީ ފެމިލީ ކޯޓުން ލިޔުމެއް ތައްޔާރުކޮށް މިޝްކާ ހުންނަން ޖެހޭނީ އެމީހުންގެ ގާތުގައި ކަމަށް ނިންމައިފައެވެ.

ސީރިއާއަށް ދާން އުޅެނީ ކަމަށް ބުނެ މާލެއަށް ދިޔަ މިޝްފާ އަނބުރާ އައްޑުއަށް ގެންދިޔަ ކަމަށާއި ގެއަށް ގެންދިއުމަށް ފަހު އޭނާ ކޮޓަރިއަކަށް ލައި އެކަހެރިކޮށް "ހައްޔަރު" ކުރި ކަމަށް ވެސް އޭނާ ކިޔައިދިނެވެ.  އަދި މިޝްފާއަށް ބޭރަށް ދެވެނީ ވެސް އޭނާގެ މަައިންބަފައިންނާ އެކު އެކަނި ކަމަށާއި އޭނާއަށް މޯބައިލް ފޯނެއް ވެސް ދީފައި ނޯންނައިރު އޭނާގެ އެއްވެސް ރަހުމަތްތެރިއަކާ ވާހަކަ ދައްކައި ހެދުމުގެ ފުރުސަތެއް ވެސް ނޯންނަ ކަމަށް މިޝްފާ ކިޔައިދީފައިވެއެވެ.

Ads by Ooredoo
  1. ޣސހސހ

    ޢެ ކުއްޖާ އެ ހަދަނީ ހުސް ދޮގު