ޚަބަރު

އިސްލާމްދީން ބުނެދެނީ ލިބިފައިވާ ޢިލްމުގެ ބޭނުން ހިފުމަށް: މިނިސްޓަރ ޝައުނާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިސްލާމްދީން ބުނެދެނީ ލިބިފައިވާ އިލްމުގެ ބޭނުން ހިފުމަށް ކަމަށްވާތީ ގައުމުތަކުގައި ހުރި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގެ ދަތިތަކުން އަރައިގަތުމަށް އިލްމާއި ފަންނީ ލަފައާއި ވަސީލަތްތައް ގައުމުތަކުގެ މެދުގައި ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރު އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ މިރޭ ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ އޯއައިސީގެ ސައިންސް އެންޑް ޓެކްނޯލޮޖީގެ ދެވަނަ ސަމިޓުގައި ތަގުރީރު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވެފައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ބޮޑު ކަމަށާއި ކޮވިޑް-19ގެ ސަބަބުން ގައުމުތަކަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ ކަމަށެވެ.

އަދި، ރާއްޖެއަކީ އިމްޕޯޓަށާއި ފަތުރުވެރި ކަމަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ބޭރު ގައުމުތަކާއި ދެމެދު އޮންނަ ދަތުރުފަތުރުގެ ކަންކަމަށް ބުރޫ އަރައިފައި ވުމާއެކު ވެސް ކާބޯތަކެއްޗާއި އެނާޖީ ސެކިއުރިޓީއަށް އޭގެ އަސަރު ނުކުރީ ދިވެހި ސަރުކާރު އެކަމަށް ރަނގަޅަށް ތައްޔާރުވެފައި އޮތުމުން ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވިއެވެ.

ކުރިއަށް އޮތް ދެ އަހަރުގެ އަމާޒަކީ ސަރުކާރުން ދޭ ހިދުމަތްތަކާއި ސިއްހީ ގިނަ ހިދުމަތްތައް އޮންލައިންކޮށް ލިބިގަނެވޭނެ ގޮތްތައް ހަމަޖެއްސުން ކަމަށް ވެސް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

Ads by Allied Insurance
  1. ބޭބެ

    އިސްލާމއ ދީން ބުނެދެނީ އަވްރަ ނިވާ ކުރަން!

  2. ތުއްތު

    އިސްލާމްދީން ބުނެދޭ އަންހެނާގެ އައުރައަކީ ކޮބައިކަމާ، އައުރަ ނިވާކުރަންވެސް. އަދި އައުރަ ނިވާނުކޮށް އުޅުމުން ގިޔާމަތް ދުވަހު ލިބޭނެ އަޒާބުގެ ވާހަކަވެސް އިސްލާމްދީން ވަރަށް ސަރީޙަ އިބާރާތުން ބުނެދޭ. ކަމަނާފާނަށް އެބައި ނުފެނޭތޯ އިސްލާމްްދީނުން.