މާލޭ ފަޅު ތެރޭގައި އޮތް ލޯންޗެއްގައި ރޯވެ އަނދަނީ
މާލޭ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެ އަނދަމުން ދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މޭރީ ބްރައުންއާ ދިމާ ފަޅު ތެރޭގައި އޮތް ތިން ލޯންޗެއްގައި އަލިފާން ރޯވެ އެމްއެންޑީއެފް ފަޔަރ ޓީމުން ހަރަކާތްތެރިވެ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 6:13 ހާއިރު ކަމަށެވެ. އަދި ހާދިސާގައި އެެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ހާދިސާގައި ދެ ލޯންޗެއް މުޅިން އަނދައި ހުލި ވެފައިވާއިރު 5 ލޯންޗަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.
Ads by Allied Insurance