Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ
މާލޭ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެ އެނދި ހާދިސާގައި ބިދޭސީއަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެ ހާދިސާގައި އަލިފާން ރޯވި ލޯންޗުގައި ހުރި ބިދޭސީއެއް ފިހިފައިވާ ކަމަށެވެ. އަދި އޭނާއަށް އައިޖީއެމްއެޗްގައި މިހާރު ފަރުވާދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ސަރަހައްދުގައި ހުރެ “ދެން” އާ ވާހަކަ ދައްކަވަމުން މަންޒަރު ދުށް މީހަކު ބުނީ އެމީހާގެ މޫނުމަތި ވެސް ފިހިފައިވާ ކަމަށެވެ. އަދި އެމީހާ އެ ހާދިސާ ހިނގިއިރު ހުރީ ލޯންޗު ތެރޭގައި ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 6:13 ހާއިރު ކަމަށެވެ. މި ހާދިސާގައި ދެ ލޯންޗެއް މުޅިން އަނދައި ހުލި ވެފައިވާއިރު 5 ލޯންޗަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް