Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް ނަޝީދުގެ އިތުރު އޮޕަރޭޝަނެއް!

ރައީސް ނަޝީދު އިތުރު އޮޕަރޭޝަނެއް ކުރައްވަމުން މިވަގުތު ގެންދަވާ ކަމަށް ރައީސް ނަޝީދުގެ ކޮއްކޮ އުސްތާޛު ނާޒިމް ސައްތާރު ވިދާޅުވެއްޖެއެވެ.

އުސްތާޛު ނާޒިމް ކުރެއްވައިފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް ނަޝީދުގެ ފައިންޕުޅުގެ އޮޕަރޭޝަނެއް މިވަގުތު ޖަރުމަނުގައި ކުރިއަށް ދާ ކަމަށެވެ. އަދި މި ޓުވީޓަށް ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާ ދަންނަވައިފައެވެ.

https://twitter.com/nazimsat/status/1405445170842140675

Advertisement
Ooredoo — Square (box)

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ގިނަ އޮޕަރޭޝަން ތަކެއް ވަނީ ކޮށްފައެވެ. އަދި އިތުރު ފަރުވާއަށް އެމަނިކުފާނަށް ފަރުވާ ހޯއްދެވުމަށް ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކަށް ވަނީ ގެންދެވިފައެވެ.

ރައީސް ނަޝީދަށް އަމާޒުވި ހަމަލާގެ ތަހުގީގަށް އޮސްޓްރޭލިއާ ފެޑެރަލްގެ ފަރާތުން ތަޖުރިބާކާރު ދެބޭފުޅެއް ވަނީ ރާއްޖެ ގެނެވިފައެވެ. އަދި މި މައްސަލައިގައި ހަތަރު މީހަކު ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް