އެދުނީ އެހީއަށް، ލިބުނީ އިންޒާރެއް: ޝާފިއުގެ އާއިލާ ބިރުވެރިކަމެއްގެ ތެރޭގައި
އަފްޣާނިސްތާނުގެ ޖަލެއްގައި ހައްޔަރުކޮށްފައިވާ ޢަލީ ޝާފިޢަށާއި އޭނާގެ އާއިލާއަށް ރާއްޖެ ގެނެސް ދިނުމަށް އެދި ސަރުކާރުގެ މުއައްސަސާތަކުގައި އެދުނީ އެހީއަށް ކަމަށާއި އެހެން ނަމަވެސް މިރޭ ލިބިގެން ދިޔައީ އިންޒާރެއްކަމަށް، ޝާފިއުގެ މައްސަލައިގައި ފުލުހުން މިރޭ ނެރުނު ނޫސްބަޔާނަށް އިޝާރާތްކޮށް ޝާފިއުގެ އާއިލާއިން ބުނެފިއެވެ.
ޝާފިއުގެ އާއިލާގެ ފަރާތުން "ދެން" އަށް މައުލޫމާތު ދެމުން ޝާފިއުގެ ބޭބެ ހުސައިން ޝާހިދު ބުނީ އާއިލާއިން އެދެނީ ޝާފިއުއާއި ޝާފިއުގެ އަނބިމީހާއާއި ދަރިން ރާއްޖެ ގެނައުމަށް ކަމަށާއި އެއަށް ފަހު ދޭ އަދަބެއް ދިނަސް މައްސަލައެއް ނެތް ކަމަށެވެ. މިމައްސަލައިގައި 3 އަހަރު ވަންދެން ކެތްކޮށްގެން ތިބި ކަމަށާއި އެހެން ނަމަވެސް ކުޑަ 4 ކުދިންގެ ހައްގުގައި ސޯޝަލްް ޕްލެޓްފޯމަށް ނުކުންނަށް މަޖުބޫރުވީކަމަށް ވެސް ޝާހިދު ބުންޏެވެ.
"ފުލުހުންގެ ނޫސްބަޔާނާ އެކު ލިބިގެން ދިޔައީ ބިރުވެރިކަމެއް. އަޅުގަނޑާ އާއިލާ މިތިބީ ބިރުވެރިކަމެއްގެ ތެރޭގައި. ކީކޭތޯ އަޅުގަނޑު ބުނާނީ. އަޅުގަނޑުމެން އޮންނާނެ ޝާފިއުގެ މައްސަލައިގައި އެއްވެސް ފަރާތަކުން ދޮގު މައުލޫމާތު ނުފެތުރުމަށް ވަރަށް ހަރުކަށިކޮށް އެދިފަ. އަޅުގަނޑުމެން ދެއްކި ވާހަކައެއް ދެއްކީ ފުލުހުންގެ ނޫސްބަޔާނަށް ބިނާކޮށްފަ. އެކަމަކު އެންމެފަހުން ކުށްވެރި މިވީ އަޅުގަނޑުމެން" ޝާހިދު ބުންޏެވެ.
ޝާހިދު ބުނީ މި މައްސަލައިގަައި މުއައްސަސާތަކަށް އެއްބާރުލުން ދެމުން ގެންދާކަމަށާއި ޝާފިއުގެ އާއިލާއިން ކޮށްފައިވާ އެއްވެސް ޕޯސްޓެއްގައި އަދި ޓްވީޓެއްގައި ވެސް ވަކިވަކި އެއްވެސް ފަރުދަކަށް ނުވަތަ މުއައްސަސާއެއްގެ މުއައްޒަފަކަށް އިނގިލި ދިއްކޮށްފައި ނުވާނެ ކަމަށެވެ. އަދި ސޯޝަލް ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާ ފޮޓޯތަކާއި ނަންތައް ދައުރު ނުކުރުމަށާއި މިކަހަލަ މުއައްސަސާއަކުން ބަހެއް ނުބުނަނީސް އެއްވެސް ފަރުދަކަށް އިންޒާރެއްގެ ގޮތުން އަދި އެހެން ގޮތަކުން ވިޔަސް އިނގިލި ދިއްކުރުމަކީ އާއިލާއިން އެދޭ ގޮތެއް ނޫންކަމަށް ޝާހިދުވަނީ ތަކުރާރުކޮށް ބުނެފައެވެ.
"އަޅުގަނޑުމެން އެދެން އެފަދަ ކަމެއް ކުރާނަމަ އެކަމެއް މިހާރުން މިހާރަށް ހުއްޓާލުމަށް ވެސް. އަޅުގަނޑުމެންގެ އާއިލާއިން ޝާފިއުއާ އޭނާގެ އާއިލާއަށް، އަދި އެހެން ފަރުދެއްގެ ފުރާނައަށް ވެސް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ކުރުމަށް ބާރު ނާޅާނެކަން ކަށަވަރުކޮށް ދަންނަވަން" މާޔޫސް ކަމާއެކު ޝާހިދު ބުންޏެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާފިއުގެ މައްސަލަ ޚާއްސަ ސަމާލުކަމެއްދީގެން ބަލަމުންދާކަމަށް މަބްރޫކް ވިދާޅުވުމުން އާއިލާއިން ތިބީ ހިތްހަމަޖެހިގެން ކަމަށާއި އެހެން ނަމަވެސް މިރޭ ފުލުހުން ނެރުނު ބަޔާނުގެ ސަބަބުން ވަރަށް ބޮޑަށް މާޔޫސްވެފައިވާކަމަށް ޝާފިއުގެ އާއިލާއިން މައުލޫމާތު ދެއެވެ.
ޝާފިއުގެ އާއިލާ ހައްޔަރުކޮށްފައިވާ ޖަލަކީ މީހުން ހައްޔަރު ކޮށްގެން ގެންގުޅެގެން ނުވާނެ ފަދަ "ޓޯޗަރ" ޖަލެއް ކަމަށް ޔޫއެން ބުނެފައިވާ ޖަލެއްކަމަށް ވެސް ޝާހިދު ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން ޝާހިދު ބުނީ އަނިޔާއާ އަބަދުވެސް ދެކޮޅު ކަމަށާއި، މިރޭ މިވަގުތު ގެއިން ބޭރަށް ނުކުތަސް ވާނެ ގޮތެއް ނޭނގޭކަމަށެވެ. އެކަމުގެ ސަބަބުން ގޭގައި ހައްޔަރުވެފައިވާކަމަށް ވެސް ޝާހިދު ބުންޏެވެ.
ޢަލީ ޝާފިޢު އޭނާގެ އަނބިމީހާއާއި ދަރިންނާއެކު އަފްޣާނިސްތާނުގެ ޖަލެއްގައި ހައްޔަރުކޮށް ލާއިންސާނީ އަނިޔާތަކެއް ދެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފެތުރިފައިވާ ވާހަކަތަކާ ބެހޭ ގޮތުން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ޢަލީ ޝާފިޢާއި އޭނާގެ އަނބިމީހާއާއި 04 ދަރިން އަފްޣާނިސްތާނުގެ ނަންގަގްހާރު ޕްރޮވިންސްއިން ހައްޔަރުކޮށްފައިވާކަމުގެ މަޢުލޫމާތު އިންޓަރޕޯލް މެދުވެރިކޮށް 2018 ނޮވެންބަރު 18 ވަނަ ދުވަހު ފުލުހުންނަށް ލިބިފައިވާކަމަށާއި އެމަޢުލޫމާތު އިންޓަރޕޯލް މެދުވެރިކޮށް ލިބުމުގެ ކުރިން މި މީހުންނާ ގުޅޭ މިފަދަ މަޢުލޫމާތެއް އެސަރވިސްއަށް ލިބިފައިނުވާ ކަމަށެވެ.
މީގެ އިތުރުން ވެސް ފުލުހުން ވިދާޅުވީ ޝާފިއުގެ އާއިލާއަށް ދިވެހި ފުލުހުން އަނިޔާކޮށް ހުތުރު ބަހުން މުއާމަލާތް ކޮށްފައިވާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި އެފަދަ ވާހަކަ ފަތުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެކަމަށެވެ.
"މި މައްސަލައިގައި ޢަލީ ޝާފިޢަށާއި އޭނާގެ އާއިލާއަށް، ދިވެހި ފުލުހުންގެ ޚިދުމަތަށް ނިސްބަތްވާ ފުލުހުން އަނިޔާކޮށް، ހުތުރު ބަހުން މުއާމަލާތު ކޮށްފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެކެވެ.އަދި މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ އެއްވެސް މަސައްކަތެއްގެ ތެރެއިން، އިންސާނީ ހައްގަށާއި ކަރާމަތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވަމެވެ." ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ހަނގުރާމައަށް އެއާއިލާ ފޮނުވީ ފުލުހުންތަ؟ކާފަރު ޤައުމަކަށްވީމަ ފިލާގެންގޮސް ހަނގުރާމަކުރަން އުޅެފައި ބަޔަކު އަތްދަށުވީމަ އެނބުރި ޤައުމަށް …
ކީއްކުރަންތޯ އަފްގާނިސްތާނަށް ދިޔައީ. ދިވެހި ދަރިންނޭ ހޭއަރާށެވެ. ސަލަފިއްޔާ އާއި ފަގުޑި ސޭހާ ޖުއްބާ ސޭހުން ތިޔަ ބައިމީހުން އަދިރި ވަޅަކަށް ވައްޓާލަނީއެވެ. ޒަމާނުންސުރެ އަހަރެމެން އުޅެމުން މި އަންނަނީ އިސްލާމް ކަންމަތީއެވެ. ވަކި ގޮތަކަށް ތުބުޅި ބަހައްޓާ ވަކި ވައްތަރަކަށް ހުންނަ ހެދުން ލައިގެނެއް ނޫނެވެ. ނިކަން ތިބެ ހޭއަރާށެވެ.
ޓިއީ ހުސްދޮގެވެ. ޒަމާނުންސުރެ ދިވެހިން ލަމުން އަބްނަނީ ހުޅަނގުމީހުން ލާ ކަހަލަ ހެދުމެވެ. އަދި މިއަދުވެސް އެކަކަށްވުރެ އަނެކަކު ކައިލީއަކަށް، ކެޓްރީނާއަކަށް ނޫނީ ބީބާގެ ހިސްތަށިން ފެށިގެން ނިޔަފަތި ހުންނަގޮތައް ކޮޕީ ކުރާއިރުވެސް ތިމީހުންނައް އެވާނީ އުޅެން ހަމަ އެންމެ ރީތި މޮޅުގޮތް ކަމަށެވެ. މައްސަލައަކަށް މިވަނީ މާތް ﷲ އެންގެވި ގޮތައް ރަސޫލާގެސުންނަތައް މީހަކު އުޅެވޭތޯ ބަލާ ހިސާބުންނެވެ. އެކަމު އޮޅުވާނުލާށެވެ. މި ީޖަވާބުދިނީ ތިބީގެ ކޮމަންޓަށެވެ. ޙަބަރުގައި ނިސްބަތް ކޮށްފައިވަ މީހުން އެއުޅެނީ ރަސޫލާ ކޮޕީކޮށްގެން ކަމަކަށް ބުނީ ކޮން ޝެއިޙެއްތޯ ބުނެދީބަލާށެވެ. ޝެއިޙުން ބުނާ އެއްޗެއް އެނގޭނީ އަޑުއަހާ ބަޔަކަށެވެ. ޝައިޠާނާ ކަލޭމެންގެ ހިތައްދޭ ވަސްވާސް އެއީ ޝެއިޙުން ބުނާބަސްކަމަށް ވަންޏާ ކަލޭމެންގެ ޝެއިޙަކީ އިބިލީހެވެ.
ކާފަރު ހެދުމެއް އިސްލާމް ހެދުމެއް ނޯންނާނެ. ޢައުރަ ނިވާ ކުރީމަ ނިމުނީ. ޓިނުގަނޑަކުން ވިޔަސް.
ކިހާ ދެން ބޮޑުވެއްޖެ ދުއްޕާނެއް. ދިޔަ ގޮތަކަށް އައީމަވީ އެއްނު. ކޮން އުނދަދުލެއް އެހެންމީހުނަށް މިކުރަނީ.
ގަބޫލުު ކުރަންދަތި
ކާކުބުނެގެންތަ ދިޔައީ ދިޔަގޮތަކަށް އަންނަން ޖެހޭނީ.
ސަލަފުޕާރޓީގެ ވެރިންނައްދަންނަވަންފެނޭ އެމީހުނައްތިކަނވާނީ
ދެންކުއްވެރި ކުރާނީ ސަރުކާރު މިހާރު ހުރިހާ ކަމެއްވަސް ގޯހީ މީގެކުރިން ގޯސ އެއްކަމެއް ވަސް ނުފެނޭ އެއިރު ތިބީ އަތްޖަހަން.މިހާރު ދީންއެގުނީ
ޝާފިއު ދިޔަގޮތައް އާދޭ އޭރުން ފިލްމް ނިމޭނީ..
މިތަން ކުފުރުވެގެންތޯ ތިބުނާތަނަކައް ދިޔައީ
އާނ! މިތަން ކުފުރުވެގެން ސީދާ ސުވަރުގެއަށްދާން ދިޔަ ބަޔަކު ކޮންމެހެން ރައްޔިތުންގެ ޓެކްސްފައިސާއިން މާލެ ގެންނާނެކަމެއްނެތް! މިތަން އަދިވެސް ހަމަ ކުފުރުގެ ބިމިކަށްވާނީ އެމިހުނަށް. ދިޔަގޮތަކާއި ފޮނުވިބައެއްތިބޭނެ. އެމީހުނަނަށް ގުޅާ!
ދިވެހި ސަރުކާރުގެ ޒިންމާއަކީ އެމީިހުންނަށް އެހީތެރިވުން.ގައުމަށް އަބުރާ ގެނައުމުގަ ދައުލަތުން އެހީތެރިވާން ޖެހޭ.އާައިލާއިން ކުރާމަސައްކަތް ހުއްޓާނުލާ ކުރިަށް ދޭ.
ދިވެހިގައުމާ ރައްޔިތުން ކާފަރުކޮށްފަ ދަނީ ވަރަށް ގަޓު ދައްކާފަ. ތަނަކުން ޖަލަށްލާއިރަށް ކާފަރުންގެ ކިބައިން އެހީއަށްވެސް އެދޭ. އަފްއާނިސްތާނަށް ދިޔައީ މިރާއްޖޭ މިސްކިތެއް ނެތިގެންތަ.