Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފުވައްމުލަކުން އިތުރު 11 މީހުން ފައްސިވެއްޖެ

ފުވައްމުލަކުން އިތުރު 11 މީހުން ފައްސިވެއްޖެ

ފުވައްމުލަކު ސިޓީން އިތުރު 11 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފައްސިވެފައި ވަނީ 10 ދިވެހިންނާއި ބިދޭސީއެކެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ ސިޓީން އިތުރު 19 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެ ސިޓީގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 122 މީހުން އެބަތިއްބެވެ. އެއީ 97 ދިވެހިންނާއި 25 ބިދޭސީންނެވެ. އެ ރަށުގައި ނެގުނު ސުންކުތަކުގެ ތެރެއިން 72 ސުންކެއްގެ ނަތީޖާ ނުލިބެއެވެ.

Advertisement
Allied — Dhen Online (box)

ފުވައްމުލަކު މުޖުތަމައުގެ ތެރެއިން ބަލި ފެނުމާ އެކު ވަނީ މޮނީޓަރިންގ ހާލަތަށް ގެނެސްފައެވެ. އެ ރަށުގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން އެ ރަށުގައި ވެސް މިވަގުތު ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އެގޮތުން އެ ރަށުގައި ހަވީރު 4:00 އިން ފަތިހު 06:00 އަށް ކާފިއު ހިންގައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވާން ފެށީ މިދިޔަ މެއިމަހުގެ ތެރޭގައެވެ. އެއާއެކު ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކަށް ފަހު ފައްސިވާ އަދަދު މިހާރު ވަނީ މަދުވާން ފަށައިފައެވެ. އަދި މިހާރު ސަރުކާރުން ވަނީ ބައެއް ފިޔަވަޅުތަކަށް ލުއިދޭން ފަށައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް