ފުލިދޫގައި ލޯންޗެއް ގޮވައި ހަތަރު ފަތުރުވެރިންނަށް އަނިޔާވެއްޖެ

ވ. ފުލިދޫ ބަނދަރުގައި ލޯންޗެއް ގޮވައި ހަތަރު ފަތުރުވެރިންނަށް އެކިވަރުގެ އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް ނޭނގެއެވެ. “ދެން”އަށް މައުލޫމާތު ލިބިފައިވާގޮތުގައި ލޯންޗް ގޮވި ނަމަވެސް ލޯންޗްގައި އަލިފާން ރޯވެފައެއް ނުވެއެވެ. މި ހާދިސާގައި އަނިޔާވީ ދެ އަންހެނަކަށާއި ހަތަރު ފިރިހެނުންނަށެވެ. އެމީހުންނަށް މިހާރު އެ ރަށު ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާދެމުންނެވެ.
އަނިޔާވި މީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަމެއް އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް އެމީހުން އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
މި ހާދިސާގައި ބޮޑަށް އަނިޔާވެފައި ވަނީ ލޯންޗުގައި އެވަގުތު ހުރި ކެޕްޓަންއަށެވެ. އެގޮތުން އޭނާގެ ގައިގެ އެކި ތަންތަނަށް އަނިޔާވެފައިވެއެވެ. އަދި އެތެރެހަށިން ލޭ އަންނަ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
ޓެރަރިސްޓް ހަމަލާއެއްތީ.. އަދިވެސް ހަރުކަށި ފިކުރުމީހުން ރާއްޖޭގައި ނެތޭ ގޮވާ
ހަރުކަށިފިކުރުގެ މީހުންނޭ ބުނާއިރަށް ތަންމިނަށް އަނގަހުޅުވާފަ އެމީހުންގެ ދިފާއުގަ މުޒާހަރާކުރާބަޔަކު މި ގައުމުގައުޅޭ މިތަން ފަނާކޮށް ނިންމާލަންދެން ދޫދީގެން ތިބޭނަމަ މިގައުމު އަތުނުވެދާނެކަމުގެ ބިރު މިހާރު ބޮޑު