Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފްލެޓްތަކުގެ ހިސާބުތައް ހެދިގޮތުގެ ތަފްސީލެއް އަދިވެސް ނުފޮނުވާ: ޑރ. މުއިއްޒު

ފްލެޓްތަކުގެ ހިސާބުތައް ހެދިގޮތުގެ ތަފްސީލެއް އަދިވެސް ނުފޮނުވާ: ޑރ. މުއިއްޒު

ހިޔާ ފްލެޓްތަކުގެ އަގުތައް ބޮޑުކޮށް ހިސާބުތައް ހެދިގޮތުގެ ތަފްސީލުތައް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި ނަމަވެސް އަދިވެސް އެ ހިސާބުތައް ފޮނުވައިފައި ނުވާކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހިޔާ ފްލެޓްތަކުގެ އަގުތައް ކުޑަކޮށްދޭތޯ ސިޓީ ކައުންސިލުން ކުރަމުންދާ މަަސައްކަތުގެ ދަށުން އެޗްޑީސީން ހެދި ހިސާބުތައް ފޮނުވައިދޭން އެއްބަސްވުމަށް ފަހު ރެއާ ހަމައަށް ވެސް ނުފޮނުވާ އޮތުމުން އަނެއްކާ ވެސް އެޗްޑީސީގައި އެކަމަށް އެދިފައިވާނެ ކަމަށެވެ.

https://twitter.com/mmuizzu/status/1405591267719843841?s=21

Advertisement
HDC — Sidebar (box)

ހިޔާ ފްލެޓުތަކުގެ މަހު ކުއްޔެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 8500 ރުފިޔާއެވެ. މޭޔަރު މުހައްމަދު މުއިއްޒު ވަނީ އެ އަގު ކުޑަ ކޮށްދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހުން ވެސް އެދިވަޑައިގަންނަވައިފައެވެ.

މިމަހުގެ 16ވަނަ ދުވަހު ބޭއްވި އެނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އަަގުތައް 5،600އަށް ނުވަތަ 6،000 އަށް ކުޑަކުރެވޭނެ ކަމަށް ދެކޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް