ދީން

ޒިނޭކުރި މީހަކަށް ކަންތައް ދިމާވި ގޮތުގެ ވާހަކަ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދެޖިންސުގެ ކުދިން މަސްހުނިވެވޭ ފަދަ ޔުނިވަރސިޓީއެއް ކަމުން ކިޔަވަން އުޅުމުގެ ތެރޭގައި އެތަނުން ފެނުނު ކޮންމެވެސް އަންހެން ކުއްޖަކާ ޝަރީޢަތާ ޚިލާފު ގުޅުންތަކެއް އަހަރެން ބަހައްޓަން ފަށައިފީމެވެ. އަދި އެކަމުގެ ތެރެއިން އެ އަންހެން ކުއްޖާ އަހަރެންގެ ދަރިއަކަށް ބަލިވެ އިނދެއްޖެއެވެ.

Ads by Sosun Fihaara

އަންހެން ކުއްޖާގެ ބޭބެއަށް އަންހެން ކުއްޖާގެ ފަރާތުން އެކަން އެނގުމުން އަހަރެންގެ ގާތަށް އައިސް އަންހެން ކުއްޖާގެ ފަރާތުން އެވެނި މިވެނި ކަމެއް އެނގިއްޖެއޭ، މިފަދައިން ވާހަކަ ދައްކަން ފެށުމުން ވަރަށް އާދައިގެ ގޮތަކަށް ކަލޭގެ އުޚްތެއް ހުންނަކަމެއް އަހަންނަކަށް އެނގިފައެއް ނެތޭ ބުނެލީމެވެ. އެހިސާބުން އެ ކުއްޖާގެ ބޭބެ ގޮސްފިއެވެ.

މިކަން އަހަރެން އެއްކޮށް ހަނދާންނެތިފައި ވަނިކޮށް، އެއްދުވަހަކު އަހަރެން ބޭރުން ގެއަށް އައިއިރުގައި، މަންމަ ހޭނެތިގެން ބިންމައްޗަށް ވެއްޓިފައި އޮތް މަންޒަރު ފެނުނެވެ. ކޮންމެ ފަހަރަކު ވެސް ގޮވައިފައި ނެގީމާ ހަޅޭލަވައިގަންނަނީއެވެ. ހަދާނެ ގޮތް ހުސްވެ ކަންބޮޑުވެފައިވާ ޙާލު އަހަރެން ހުރީމެވެ.

މި ގޮތަށް ހައެއްކަ ފަހަރަކު ގޮވީމާ ވާހަކަ ދެއްކުނެވެ. އަދި ކަލޭގެ އުޚްތުގެ ގާތަށް ގޮސްބަލާށޭ ބުންޏެވެ. އެފަދަ ޤައުމުތަކުގައި ޒިނޭގެ ފާފައިގެ ސަބަބުން ބަލިވެއިނުމަކީ ޢާއިލާއަށް ވަރަށް ލަދުވެރިކަން ގެންނަ ކަމަކަށް ވާތީ އޭނާގެ މަންމަ ހޭނެތުނީއެވެ. އުޚްތަށް ކިހިނެތް ވީހޭ އަހަރެން ބުނެލީމެވެ. އުޚްތުގެ ގާތަށް ގޮސް އެހުމުން އަހަރެންގެ އަވައްޓެރި ފިރިހެނެއްގެ މައްޗަށް އަހަރެންގެ އުޚްތު ބަލިވެއިންކަން އެނގުނެވެ.

އެބުނާ ފިރިހެން ކުއްޖާގެ ގާތަށް އަހަރެން ގޮސް، އަހަރެންގެ އުޚްތުގެ ކުރެން އަންނަށް އެވެނި މިވެނި ވާހަކައެއް އެނގިފައިވާކަމަށް ބުނީމެވެ. އެހެން ނަމަވެސް އޭނާ ބުނި ޢިބާރާތުން އަހަރެންގެ ހިތް އެއްކޮށް ތޮރުފާލިއެވެ. އެއްކޮށް ހިތް ފުނޑުފުނޑު ވެގެން ދިޔަ ކަހަލައެވެ. އަހަރެން ގުޅުން ހިންގި އަންހެން ކުއްޖާގެ ބޭބެއަށް އަހަރެން ބުނި ޢިބާރާތް ހަމައެގޮތަށް އަހަރެންނާ ދިމާއަށް ބުންޏެވެ. ”ކަލޭގެ އުޚްތެއް ހުންނަކަމެއް އަހަންނަކަށް އެނގިފައެއް ނެތޭ.“

މީގެ ފަހުން ވެސް އެކިއެކި ފާހިޝް ކަންކަމުގެ ތެރޭގައި އުޅެމުންގޮސް، ކައިވެނި ކުރަން އަހަރެންގެ ހިތަށް އަރައިފިއެވެ. މީހަކާ އިންނަންވެގެން ހުރިހާ ކަމެއް ރާވައިފައި، ކައިވެނީގެ ރޭގައި އެއަންހެން ކުއްޖާއާ އެކު ހުއްޓާ އެއަންހެން ކުއްޖާ އަހަރެންގެ ކައިރީގައި ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި އެބައޮތްކަމަށް ބުނެ، ތިމަންނައަކީ މީހަކާ އެއްކޮށް ފާޙިޝް ޢަމަލެއް ހިންގާފައި ހުރި މީހެކޭ ބުންޏެވެ. އެއީ އަހަރެންގެ ވާން އުޅޭ އަނބިމީހާއެވެ. އަހަރެންގެ ހިތް ފަޅައިގެން ދިޔަކަހަލައެވެ. ހުރެވުނު ތަން ނޭނގުނު ކަހަލައެވެ.

އަހަރެން ހިތާ ހިތުން ބުނެލީމެވެ. ”އަހަންނަށް ފުދިއްޖޭ ފުދިއްޖޭ ފުދިއްޖޭ.“ މިހިސާބުން ﷲ އަހަރެންނަށް ދެއްވެވި ޢުޤޫބާތުގެ ހިތިކަން ކަރުގައި އަޅައިގެން ވަރަށް އުނދަގުލާއެކު ދިރުވާލީމެވެ. އެ އަންހެނަކީ އަނބިމީހާކަމުގައި ޤަބޫލުކޮށް އަހަރެންކުރި ފާފައިގެ ހިތިކަން ކަމުގައި ޤަބޫލުކޮށް އެމީހާއާ އެކު އެތަށް އަހަރުދުވަހަކު އުޅުނީމެވެ.

އެއަށް ފަހު އަހަރެމެން ދެމީހުނަށް ލޯބިލޯބި އަންހެން ދަރިއަކު ލިބިއްޖެއެވެ. ދަރިފުޅުގެ އުމުރުން 6 އަހަރުގައި އެއްދުވަހަކު ރޮމުންރޮމުން އަހަރެންގެ ގާތަށް އަތުވެއްޖެއެވެ. ވީގޮތެއް ބެލިއިރު ޢިމާރާތުގެ ތިރީގައި އިންނަ ސެކިއުރިޓީ އަހަރެންގެ އަންހެން ދަރިފުޅުގެ ޢިއްފަތްތެރިކަން ފޭރިގަތީއެވެ.

އެންމެހާ މީސްތަކުންނޭވެ! އޭނާ ކުރި އެންމެ ފާފައަކުން މުޞީބާތްތައް ފެތުރިގެން ދިޔަގޮތް ބަލާށެވެ. މާތް ﷲ ފާޙިޝް ކުރައްވާފައިވާ އެފަދަ ކަމަކަށް އަރައިގަނެވިފައިވާ ނަމަ އިންސާނެއްގެ ފަރާތުން ކަމެއް ކުރިމަތި ނުވިޔަސް ﷲ ތަޢާލާގެ ހިތްޕެވުން މާ ގަދަފަދަ ވެގެންވެއެވެ. އެދުވަހުގައި އެއަންހެން ކުއްޖާގެ ބޭބެއަށް ނުވަތަ ބައްޕައަށް ނުވަތަ ޢާއިލާއަށް ކޮށްފައިހުންނާނެ އަސަރު ވިސްނަވާށެވެ. އެމީހުން ކޮށްފާނޭ ކަމަކުން ސަލާމަތް ވެވިދާނެއެވެ. ނަމަވެސް ފަހަރެއްގައިވެސް މާތް ﷲ ގެ ހިއްޕެވުމުން ސަލާމަތެއް ނުވެވޭނެއެވެ.

ނޯޓު: މިއީ އަރަބި ނޫހަކުން ނެގި ތަރުޖަމާ ކުރެވިފައިވާ ލިޔުމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!