Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މި އަހަރުގެ މިހާތަނަށް 1700 އަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލަ

މި އަހަރުގެ މިހާތަނަށް 1700 އަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލަ

މި އަހަރުގެ މިހާތަނަށް 1700އަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން މަސްތުވާތަކެއްޗާ ބެހޭ 1726 މައްސަލަ މިއަހަރުގެ މިހާތަނަށް ހުށަހަޅައިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު މަސްތުވާ ތަކެތީގެ މައްސަލައިގައި ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 1895 މައްސަލައެކެވެ.

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މަސްތުވާތަކެތީގެ 1726 ކޭސް ރިޕޯޓުކޮށްފައިވީ ނަމަވެސް އޭގެ ތެރެއިން ފުލުހުން ތަހުގީގުކޮށްފައި ވަނީ 708 މައްސަލައެވެ. ހަމައެއާ އެކު 2020 ވަނަ އަހަރު ހުށަހަޅައިފައިވާ 1895 މައްސަލައިގެ ތެރެއިން ވެސް ފުލުހުން ތަހުގީގުކޮށްފައި ވަނީ އެންމެ 583 މައްސަލައެވެ.

Advertisement
Allied Insurance — Square (box)

މަސްތުވާތަކެތީގެ މައްސަލައިގައި މިފަހަކަށް އައިސް މިސްކިތުން ވެސް ވަނީ ބަޔަކު ހައްޔަރު ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް