ދީނީ ޢިލްމުވެރިންނާ ދެކޮޅަށް ކަންކަން ނިންމުމުން ނަތީޖާ ވާނީ ގޯސް: މަލީހު
ރާއްޖޭގެ ދީނީ އިލްމުވެރިންނާ ދެކޮޅަށް ކަންކަން ނިންމާ ނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފައިވާ ބިލާ ދެކޮޅަށް ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފާޅު ކުރަމުންދާ މި ދަނޑިވަޅުގައި ސަރުކާރުން މިކަމުގައި ގޮތްދޫނުކޮށް، އަމަލު ކުރަމުންދާ ގޮތާ ގުޅިގެން މަލީހު ވިދާޅުވީ ގޮތް ދޫނުކޮށް ބޯހަރުކޮށްގެން ތިބުމުން އޭގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށެވެ.
“ބޯހަރުކޮށް ގޮތްދޫނުކޮށް ލާދީނީ ބިލައިގެން ކުރިޔަށް ދިޔައިމަ ފެނިގެން މި ދަނީ މި ސަރުކާރުގެ ނުލަފާކަމާއި ލާދީނީ ކަމުގެ ކުޑަ މިންވަރެއް. މި ޤައުމުގެ ދީނީ ޢިލްމުވެރިންނާ ދެކޮޅަށް ކަންކަން ނިންމީމަ ނަތީޖާ ރަނގަޅު ނުވާނެ. އާޚިރުގައި ހިތާމަ ކުރާނެ. ލާދީނީ ކިޔޭނެ. ކިޔާނަން” މަލީހު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު މި ބިލް ވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހަށް ފޮނުވާފައެވެ. މި ބިލުގެ ބޭނުމަކީ މުޖުތަމައުގައި މީހުންނާ ދިމާއަށް ލާދީނީ ނުވަތަ އެފަދަ އެހެން ބައެއް ނަންތަކުން ގޮވުން ހުއްޓުވުމެވެ.
އެހެން ނަމަވެސް ގިނަ ބަޔަކު ބުނަމުން ދަނީ އިސްލާމްދީނުގެ އަސްލުތަކާ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ކަންކަން ކުރާ މީހުންގެ މައްސަލަތަކާއި އަމަލުތައް ނުބަލައި މިގޮތަށް ކަންކަން ކުރުމަކީ ވަކި އެޖެންޑާއެއް ހާސިލް ކުރުމަށް ކުރާ ކަމެއް ކަމަށެވެ.
މިހާރު ގާދިޔާނީން ގޮތަށް އާމަޒުހަބް ތައް އުފައްދާ އެ މަޒިހަބްތައް ކުރިޔަށްނެރޭމީހުން ވެސް