ޚަބަރު

ލާމު އަތޮޅުން މިއަދު ކޮވިޑަށް ފައްސިވީ 3 މީހުން

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ލާމު ގަން

ލާމުއަތޮޅުން މިއަދު ކޮވިޑް19 އަށް ފައްސިވީ 3 މީހުންކަމަށް ގަން ރީޖަނަލް ހޮސްޕިޓަލުގެ އަދާހަމަތަކުން ދައްކައިފިއެވެ.

Ads by MWSC

ޖީއެޗްއާރުން މިއަދު އާއްމު ކުރި އަދާހަމަތަކަށް ބަލާއިރު މިއަދު އެއަތޮޅުން ކޮވިޑް ޖެހިފައި ވަނީ، މާވަށުން 2 މީހަކަށާއި ހިތަދޫން އެކަކަށެވެ. މާވަށަކީ އެއަތޮޅުގައި ހަރަކާތްތެރި ވޭދަނަތައް އެންމެ ގިނަ ރަށެވެ. އެގޮތުން އެރަށުގައި 59 ހަރަކާތްތެރި ވޭދަނަ މިހާރު ވެސް އެބައޮތެވެ. މާވަށް ފިޔަވައި ދެންް އެއަތޮޅުގައި ހަަރަކާތްތެރި ވޭދަނަ އެންމެ ގިނައީ، އިސްދޫގައެވެ. އެއީ 35 ވޭދަނައެވެ.

މީގެ އިތުރުން ވެސް، ކަލައިދޫގައި 28 ހަރަކާތްތެރި ވޭދަނަ އޮތް އިރު ގަމުގައި 18 ހަރަކާތްތެރި ވޭދަނަ އޮތްކަމަށް މިއަދުގެ އަދަދުތައް ދައްކައެވެ.

ލާމު އަތޮޅުން މިހާތަނަށް 1378 މީހުންނަށް ކޮވިޑް19 ޖެހިފައިވެއެވެ.އޭގެ ތެރެއިން 1216 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ލާމް އަތޮޅުން ކޮވިޑް19 ޖެހިގެން މިހާތަނަށް 07 މީހަކު ވަނީ ނިޔާވެފައެވެ.

ލާމު ކޮވިޑްގެ އަދާހަމަތައް ދައްކާ ގޮތުގައި، މިހާތަނަށް 8405 ސުންކު އެ އަތޮޅުން ވަނީ ނަގައިފައެވެ. މީގެތެރެއިން އެންމެ ގިނަ ސުންކު ނަގައިފައި ވަނީ ގަމުންނެވެ. އެއީ 3102 ސުންކެވެ. ދެން އެންމެ ގިނަ ސުންކު ނަގައޮފައި ވަނީ ފޮނަދޫއިންނެވެ އެއީ 1068 ސުންކެވެ.

ލާމު އަތޮޅުގެ ކޮވިޑް ނަމްބަރުތައް ދައްކާ ގޮތުގައި މިހާތަނަށް އެންމެ ގިނަމީހުން ކޮވިޑަށް ފައްސިވެފައި ވަނީ އެއަތޮޅު ގަމުންނެވެ. އެއީ 325 މީހެކެވެ. އޭގެ ތެރެއިން 304 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!