Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެއް ހަފްތާ ތެރޭ އިންތިގާލީ އިންސާފުގެ އޮފީހަށް 9 މައްސަލައެއް

އެއް ހަފްތާ ތެރޭ އިންތިގާލީ އިންސާފުގެ އޮފީހަށް 9 މައްސަލައެއް

އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަޅަން ހުޅުވައިލިތާ އެއް ހަފްތާ ތެރޭގައި ނުވަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހު އުފެއްދި މި އޮފީހުގެ މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާ ނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދިނުން ކަމުގައި ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.

އެ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މައްސަލަ ހުށަހަޅަން ހުޅުވައިލުމުން މިހާތަނަށް ނުވަަ މައްސަލައެއް ހުށަހަޅައިފައިވާ ކަމަށެވެ. ނަމަވެސް ހުށަހެޅި އެއްވެސް މައްސަލައެއްގެ ތަފްސީލެއް އޭނާ އަދި ނުދެއްވައެވެ.

Advertisement
Ooredoo — Truecaller (box)

އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހަޅަން އެ އޮފީހުން މުއްދަތު ދީފައި ވަނީ މި އަހަރުގެ އޯގަސްޓު މަހުގެ 13 ވަނަ ދުވަހާ ހަމައަށެވެ.

ކޮވިޑް-19އާ ގުޅިގެން މާލޭގައި ފިޔަވަޅުތަކެއް އަޅައި ކާފިއު ހިންގައިފައި އޮތުމުން އިންތިގާލީ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނަނީ އޮންލައިންކޮށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް