Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

14 ރަށެއްގައި ސޯލަރ ހަކަތައިގެ ނިޒާމު ޤާއިމުކުރަނީ

14 ރަށެއްގައި ސޯލަރ ހަކަތައިގެ ނިޒާމު ޤާއިމުކުރަނީ
ރާއްޖޭގެ 14 ރަށެއްގައި ސޯލަރ ހަކަތައިގެ ނިޒާމު ޤާއިމުކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި 11 – 14 މެގަވޮޓް ސޯލަރ ހަކަތައިގެ ނިޒާމެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ނިޒާމު ޤާއިމުކުރެވޭ ރަށްތަކަކީ ގއ.ވިލިނގިލި، ދ.ކުޑަހުވަދޫ، ށ.ފުނަދޫ، ޅ.ނައިފަރު، ލ.ފޮނަދޫ، ލ.ގަން، ލ.ހިތަދޫ، ލ.މާމެންދޫ، ލ.ކުނަހަންދޫ، ލ.މާބައިދޫ، ލ.ދަނބިދޫ، ލ.މާވަށް، ލ.އިސްދޫ އަދި ލ.ކަލައިދުއެވެ.

އެ މިނިސްޓްރީން ވިދާޅުވީ މި މަސައްކަތަކީ ވާރލްޑް ބޭންކްގެ އެހީގައި ހިންގާ އެކްސެލެރޭޓިންގ ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. މި މަޝްރޫޢަށް ޕްރީ-ކޮލިފިކޭޝަނަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވައިލައިފައި ވަނީ 9 ސެޕްޓެމްބަރ 2021ގެ ނިޔަލަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް