ލާމު އަތޮޅުން އެއްވެސް މީހެއް އިއްޔެ ފައްސިވެފައެއް ނުވޭ، 25 މީހުން ބަލިން ރަނގަޅުވި
ލާމު އަތޮޅުން އެއްވެސް މީހަކު އިއްޔެ ކޮވިޑަށް ފައްސިވެފައި ނުވާ ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލު(ޖީއާރުއެޗް)އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޖީއެޗްއާރުން މިއަދު އާއްމުކުރި އަދާހަމަތަކުން ދައްކާގޮތުގައި އެ އަތޮޅުން މިއަދު 25 މީހަކު ބަލީން ރަނގަޅުވެ ހަރަކާތްތެރި ވޭދަނައިގެ އަދަދު 130އަށް ދަށްވެފައި ވެއެވެ. އެގޮތުން އެންމެގިނަ ހަރަކާތްތެރި ވޭދަނަ ހުރީ އެ އަތޮޅުގެ މާވަށުގައެވެ. އެއީ 48 ހަރަކާތްތެރި ވޭދަނައެވެ. މީގެ އިތުރުން ގަން އަދި ހިތަދޫން 8 ހަރަކާތްތެރި ވޭދަނަ ވާއިރު އިސްދޫގައި 35 ހަރަކާތްތެރި ވޭދަނަވެއެވެ، އަދި ކަލައިދޫގައި 25 ހަރަކާތްތެރި ވޭދަނަ ވާއިރު މާބައިދޫ އަދި ފޮނަދޫ، މި ދެ ރަށުން ކުރެ ކޮންމެ ރަށަކު ހަރަކާތްތެރި 3 ވޭދަނަ ވެއެވެ.
ލާމު އަތޮޅުން މިހާތަނަށް ޖުމްލަ 1378 މީހަކު ވަނީ ކޮވިޑް19އަށް ފައްސިވެފައެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ ލ.ގަމުންނެވެ. ގަމުން ފައްސި ވެފައި ވަނީ 325 މީހުންނެވެ. އެ ރަށުން ފައްސިވީ މީހުންގެ ތެރެއިން 314 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 3 މީހަކު ވަނީ މި ބަލީގައި ގަމުން ނިޔާވެފައެވެ.
އެ އަތޮޅުގެ ރަށްރަށުގެ ތެރެއިން އެންމެ މަދު ކޮވިޑް ވޭދަނަ ރިޕޯޓްކޮށްފައި ވަނީ ލ.ކުނަހަންދޫންނެވެ. އެއީ ޖުމްލަ 2 ވޭދަނައެވެ. ކުނަހަންދޫން ބަލިޖެހުނު ދެ މީހުން ވެސް މިހާރު ވަނީ ރަނގަޅުވެފައެވެ.