މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދާނެ: ސްޓެލްކޯ

މާލޭގެ އެކި ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑެމުން ދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން އިން ކުރި ޓްވީޓެއްގައި ވިދާޅުވީ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރުމަށް ޓަކައި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ.
https://twitter.com/stelcomaldives/status/1406475255011450888?s=21
ޒިކުރާ މިސްކިތް ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 10:30 އާއި 11:30އާ ދެމެދު ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް ވެސް ސްޓެލްކޯއިން ވިދާޅުވިއެވެ. އަދި ހިރިޔާ ސުކޫލް ހިމެނޭ ސަރަހައްދުން 10:30އިން 12:00އަށް ކަރަންޓު ކެނޑެމުންދާނެ ކަމަށް ވެސް އެ ކުންފުނިން ވިދާޅުވިއެވެ.
ސްޓެލްކޯއިން ވަނީ މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިވަޑައިގެންފައެވެ.






ކޮމެންޓް