Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮވިޑާ ގުޅިގެން 36 ބިލިއަން ރުފިޔާގެ އާމްދަނީ ގެއްލޭނެ: އަމީރު

ކޮވިޑާ ގުޅިގެން 36 ބިލިއަން ރުފިޔާގެ އާމްދަނީ ގެއްލޭނެ: އަމީރު

ކޮވިޑާ ގުޅިގެން އަންނަ އަހަރުގެ ނިޔަލަށް ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު ވިދާޅުވީ މި ވަގުތަކީ އަޅުގަނޑުމެން ބޭނުން ވިޔަސް ބޭނުން ހުރިހާ ކަމެއް ކުރެވޭނެ ވަގުތެއް ނޫންކަން އެންމެން ވެސް ދަންނަން ޖެހޭ ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި އާމްދަނީ ދަށްވުމުގެ ސަބަބުން ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށް އަމީރު ވިދާޅުވިއެވެ.

“މި ވަގުތަކީ އަޅުގަނޑުމެން ބޭނުންވިޔަސް, އަޅުގަނޑުމެން ބޭނުން ހުރިހާ ކަމެއް ކުރެވޭނެ ވަގުތެއް ނޫންކަން އެންމެން ވެސް ދަންނަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން އަމީރު ވިދާޅުވީ ކައުންސިލްތަކުގެ އަމާޒަކަށް ވާން ވާނީ ބްލޮކް ގްރާންޓް އަދި ކައުންސިލަށް ލިބޭ އާމްދަނީގެ ތެރޭގައި ހަރަދުތައް މެނޭޖްކުރުން ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ކަންކަމަށް ހަރަދުކުރުމަށް އިސްކަންދޭންޖެހޭ ކަމަށާއި އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ވެސް ކޮވިޑާ ގުޅިގެން އިތުރުވި ދަރަނި ކުޑަ ކުރުމަށް ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް