Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޕީޕީއެމުން ޑެޕިޔުޓީ މޭޔަރަކަށް ނަރީޝް

ޕީޕީއެމުން ޑެޕިޔުޓީ މޭޔަރަކަށް ނަރީޝް

މާލޭ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރުކަމަށް އެ ކައުންސިލްގެ ސްޕަރ މެޖޯރިޓީ އޮންނަ ޕީޕީއެމުން ވާދަ ކުރައްވާ ކެނޑިޑޭޓަކަށް މާފަންނު މެދުދާއިރާގެ މެމްބަރު އަހުމަދު ނަރީޝް ހޮވިއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ދެންމެ ބޭއްވި އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުންގެ ބައްދަލުވުމުގައި ނެގުނު ވޯޓުން ނަރީޝް އިންތިޚާބުވީ 05 ވޯޓް ހޯއްދަވައިގެންނެވެ.

މާލޭ ސިޓީ ކައުންސިލްގެ ޖުމްލަ ގޮނޑީގެ އަދަދަކީ 19އެވެ. އޭގެ ތެރެއިން 13 މެމްބަރުންނަކީ ޕީޕީއެމްގެ މެމްބަރުންނެވެ.

Advertisement
Allied — Dhen Online (box)

ޑެޕިޔުޓީ މޭޔަރަކަށް ނަރީޝްއާ ވާދަ ކުރެއްވީ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއުއާއި ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީއެވެ. ޝުޖާޢުއަށާއި ނަހުލާއަށް ލިބިވަޑައިގަތީ 4 ވޯޓެވެ.

ޑެޕިޔުޓީ މޭޔަރުކަމުގެ ރަސްމީ އިންތިޚާބު އޮންނާނީ މާދަމާއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް