Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މާފަންނުގައި ހުރި ގުދަނަކުން ބޮޑު ހަރުފައެއް ފެނިއްޖެ

މާފަންނުގައި ހުރި ގުދަނަކުން ބޮޑު ހަރުފައެއް ފެނިއްޖެ

މާފަންނުގައި ހުރި ގުދަނަކުން ބޮޑު ހަރުފައެއް ފެނިއްޖެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގުދަނަކުން ހަރުފައެއް ފެނިގެން މިއަދު ހެނދުނު 11 ޖަހާކަށްހާއިރު ފުލުހުންނަށް ރިޕޯޓުކުރި ކަމަށާއި އެކަން އެމްއެންޑީއެފަށް އެންގުމުން ސިފައިން އޭތި ނަގައިގެން ގެންގޮސްފައިވާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދެއްވައިފައެއް ނުވެއެވެ.

Advertisement
Allied — Dhen Online (box)

އެނގިފައިވާ ގޮތުގައި މާފަންނުގައި ހުރި ގުދަނަކުން ފެނުނީ "ބާމީސް ޕައިތަން" ވައްތަރުގެ ހަރުފައެކެވެ.

ދެކުނު އޭޝިއާއިން އާންމުކޮށް ފެންނަ މި ވައްތަރުގެ ހަރުފައަކީ، ވަރަށް އަވަހަށް ބޮޑުވާ ވައްތަރުގެ ހަރުފައެއް ކަމަށް އެނގިފައިވެއެވެ. އާންމުކޮށް 16 ފޫޓަށް ދިގުވާ ބާމީސް ޕައިތަނަކީ ވަރަށް ވިހަ ގަދަ ހަރުފައެއް ވެސް މެއެވެ. އަދި އޭގެ ވިހައިގެ ސަބަބުން އިންސާނެއްގެ ފުރާނައަށް ވެސް ނުރައްކާވެއެވެ.

ހަރުފައަކީ ރާއްޖޭގައި އާންމުކޮށް އުޅޭ އެއްޗަކަށް ނުވާ އިރު، ޕެޓެއްގެ ގޮތުގައި ވެސް ހަރުފަ ގެންގުޅުމަކީ މަނާކަމެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް