Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހިސާނު ބިލުގައި ހުރި ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވި: އަދާލަތު ޕާޓީ

ހިސާނު ބިލުގައި ހުރި ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވި: އަދާލަތު ޕާޓީ

އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތު ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރި ވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވި ބިލާ މެދުގައި އިލްމުވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތައް ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވި ކަމަށް އަދާލަތު ޕާޓީން ވިދާޅުވެއްޖެއެވެ،

އެނގިފައިވާ ގޮތުގައި އެ ބިލާ މެދު ހުރި ކަންބޮޑުވުންތައް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޞާލިޙް ދެއްވާފައި ވަނީ އަދާލަތު ޕާޓީގެ އިސްބޭފުޅުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމަށް ފަހު އަދާލަތު ޕާޓީގެ ރަސްމީ އެކައުންޓުން ކުރި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ނަފުރަތުގެ ކުށާ ގުޅޭ ގޮތުން މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާ މެދު އެ ޕާޓީގެ ކަންބޮޑުވުންތައް ރައީސް ޞާލިހާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ ބިލް ގާނޫނަކަށް ވެގެން އަންނައިރު ރައްޔިތުންނާއި ދީނީ އިލްމުވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޞާލިޙް ދެއްވި ކަމަށް ވެސް އަދާލަތު ޕާޓީން ވިދާޅުވެފައިވެއެވެ.

Advertisement
Ooredoo — Square (box)

https://twitter.com/AdhaalathOffice/status/1406528509460156418?s=20

"ހިސާނު ބިލު" ގައި ހިމަނައިފައި މައިގަނޑަކީ ޕީނަލް ކޯޑް / ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބާބަށް ބައިތަކެއް އިތުރު ކުރުމެވެ. ބިލުގައި ވާގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުން ކުށަކަށް ވެއެވެ. އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުން، އެގޮތަށް ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ހަދަން އެ ބިލުގައި ހުށަހަޅައިފައިވެއެވެ

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް