Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސްޓުޑެންޓް ލޯން ލިބޭ ދަރިވަރުންގެ ފައިނަލް ލިސްޓު އާންމު ކޮށްފި

ސްޓުޑެންޓް ލޯން ލިބޭ ދަރިވަރުންގެ ފައިނަލް ލިސްޓު އާންމު ކޮށްފި

މަތީ ތައުލީމާއި ތަމްރީނުގެ ލޯނަށް ހުށަހެޅި ދަރިވަރުންގެ ތެރެއިން ލޯނު ލިބޭ ދަރިވަރުންގެ އެންމެ ފަހުގެ ލިސްޓު، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އާންމު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން މިީގެ ކުރިން ވަނީ ސްޓުޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓެއްގެ ގޮތުގައި 471 ދަރިވަރުންގެ ލިސްޓެއް އާންމު ކޮށްފައެވެ. އެހެން ނަމަވެސް ދާއިމީ ލިސްޓު އާންމު ކުރިއިރު، އޭގައި ލޯނު ހަމަޖެހިފައިވާ ކަމަށް ވަނީ 449 ދަރިވަރުންނަށެވެ.

މިކަމާ ގުޅިގެން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައި ފުރުސަތު ހުޅުވައިލި މި ލޯނަށް ހުށަހެޅި ދަރިވަރުންގެ ތެރެއިން ލޯނު ހަމަޖެހުނު ދަރިވަރުންނަށް އެ ދަރިވަރުންގެ “ލޯން އެވޯޑް ނޮޓިފިކޭޝަން” މި މަހުގެ 24 ވަނަ ދުވަހު ދަރިވަރުންނަށް މެއިލް ކުރާނެ ކަމަށެވެ. އަދި މި މެއިލްއާ އެކު ދަރިވަރުން ދެން ކަންތައް ކުރަންވީ ގޮތް ހިމަނާނެ ކަމުގައި ވެސް އެ އިއުލާނުގައި ވެއެވެ.

Advertisement
HDC — Sidebar (box)

މިފަހަރުގެ ލޯނު ސްކީމުން ކިޔެވުމަށް ފުރުސަތު ލިބުނު ދަރިވަރުންގެ ތެރެއިން މިހާރު އެމް.ބީ.ބީ.އެސް ކިޔަވަމުންދާ، 65 ދަރިވަރަކަށާއި، ޕައިލެޓް ލައިސެންސް ކިޔަވަމުންދާ 16 ދަރިވަރަކަށް ފުރުސަތު ލިބިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް