ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް 9 މަސް ދޭން ޑރ. މުއިއްޒު އެދިލައްވައިފި
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރި ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް ނުވަ މަސް ދިނުމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅައިފައިވާ 16 ޓަވަރުގެ އެޕާޓްމެންޓުތައް ލިބޭ ފަރާތްތަކަށް ތަން ހަވާލުކުރާއިރު އެ ތަންތަނުގައި މުށި ޖެހުމާއި ދޮރު ހަރުކުރުމާއި ފަންކާ، ބޮކި ހަރުކޮށް ކުލަލުން ފަދަ މަސައްކަތްތައް ކުރަންޖެހޭނީ ތަން ލިބޭ ފަރާތުން އަމިއްލަ އަށެވެ.
އެޗްޑީސީންނާއި ސަރުކާރުން ބުނެފައިވަނީ ހިޔާ ފްލެޓު ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލު ކުރުމަށް ފަހު ތަނުގެ މަސައްކަތްތައް ނިންމުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ކުލި ނުނަގާނެ ކަމަށެވެ.
މާލެ ސިޓީގެ މޭޔަރު މިކަމާ މެދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތަށް އަމިއްލައަށް ހަރަދު ކުރަން ޖެހުމުގެ ސަބަބުން ދީފައިވާ ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތްތަށް ނިންމޭނީ މަދު ބަޔަކަށް ކަމަށެވެ.
"މަދުވެގެން 9 މަސް ދުވަސް ފިނިޝިންއަށް ދިނުމަކީ ވަރަށް ގިނަ ރައްޔިތުން އެދެމުން ދާ ކަމެއް ކަމުން އެކަމަށް މިއަދު އެޗްޑީސީ އަދި ރައީސް އޮފީހުގައި ވާނީ އެދިފައި" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ހިޔާ ފްލެޓު ލިބޭ މީހުންނާއެކު އަންނަ މަހުގެ 14 އިން ފެށިގެން އެއްބަސްވުމުގައި ސޮއިކުރަން ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އެ ފްލެޓުތަކުގެ ކުއްޔަކީ މެއިންޓަނަންސް ފީ އާއެކު މަހަކު 8،500 ރުފިޔާއެވެ.
އަހަރެމެން ކުއްޔަށް އުޅމީހުންނަށްވެސް ޖެހޭނެ ސަރުކަާރުން ނުވަމަސް ދުވަހު ހިލޭއުޅެވޭގޮތް ހަދައިދޭން
އުޅޭނެ ތަނެއްނުދިންތާގަ ތަންކޮޅެއް އަތްމަތިތަނަވަސްވެ ކޮންމެހެން ކުރަންޖެހި ނުކުރެވި ހުރިކަންތައް ކޮއްލެވޭތޯ