Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ލާމު އަތޮޅުގައި ހަރަކާތްތެރި ވޭދަނަތައް އެންމެ ގިނައީ މާވަށުގައި

ލާމު އަތޮޅުގައި ހަރަކާތްތެރި ވޭދަނަތައް އެންމެ ގިނައީ މާވަށުގައި

މާލެ ފިޔަވައި ދެން އެންމެ ގިނަ ބަޔަކު ރާއްޖެއިން ކޮވިޑް-19އަށް ފައްސި ވީ ލ. އަތޮޅުގައި މިވަގުތު ހަރަކާތްތެރި ވޭދަނަތައް އެންމެ ގިނައީ އެ އަތޮޅު މާވަށުގައި ކަމަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައި ގޮތުގައި، އެ އަތޮޅުން މިއަދު ކޮވިޑަށް ފައްސި ވެފައި ވަނީ ކަލައިދޫން އެކަކާއި މާވަށުން 10 މީހުންނެވެ. އެ އަދަދާ އެކު މާވަށުން މި ބައްޔަށް ފައްސި ވީ ޖުމްލަ އަދަދު މިވަނީ 314 އަށް އަރައިފައެވެ. މާވަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 57 މީހުން އެބަތިއްބެވެ.

މި ވަގުތު އެންމެ މަދު ވޭދަނަތައް ހުރީ މާބައިދުއާއި ފޮނަދޫ ގައެވެ. މި ދެ ރަށުގައި ވެސް ކޮވިޑް ޖެހިފައި މިވަގުތު ތިބީ އެންމެ 3 މީހުންނެވެ. ފޮނަދޫން މި ބައްޔަށް ފައްސި ވެފައި ވަނީ ޖުމްލަ 49 މީހުންނެވެ. އަދި މާބައިދޫން ޖުމްލަކޮށް ފައްސި ވެފައި ވަނީ 4 މީހުންނެވެ.

Advertisement
Ooredoo — Square (box)

މުޅި އަތޮޅުގެ ޖުމްލަ އަދަދުތައް ދައްކާ ގޮތުގައި އެންމެ ގިނަ ބަޔަކު ލ. އަތޮޅުން ފައްސި ވެފައި ވަނީ ގަމުންނެވެ. އެ ރަށުން މުޅިއަކު 325 މީހުން ކޮވިޑް-19އަށް ފައްސި ވެފައިވާ އިރު މިއަދު އެއްވެސް މީހަކު ފައްސި ވެފައެއް ނުވެއެވެ. ނަމަވެސް ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މިވަގުތު އެ ރަށުގައި 5 މީހުން އެބަތިއްބެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް