Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ތިނަދޫން އިތުރު 12 މީހުން ކޮވިޑް-19އަށް ފައްސިވެ، 21 މީހުން ބަލިން ފަސޭހަވެއްޖެ

ތިނަދޫން އިތުރު 12 މީހުން ކޮވިޑް-19އަށް ފައްސިވެ، 21 މީހުން ބަލިން ފަސޭހަވެއްޖެ
ގދ. ތިނަދޫން އިތުރު 12 މީހުން ކޮވިޑް-19އަށް ފައްސިވެ، 21 މީހުން ބަލިން ފަސޭހަވެއްޖެއެވެ.
ތިނަދޫން މިހާރު 463 މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. އެ ރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 187 މީހުން އެބަތިއްބެވެ. ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައި ގޮތުގައި ކޮވިޑަށް ޓެސްޓު ކުރުމަށް ނެގި ސުންކުތަކުގެ ތެރެއިން ނަތީޖާ ނުލިބި 206 ސުންކެއް ވެއެވެ. މި ބައްޔަށް ފައްސިވީ މީހުންގެ ތެރެއިން 276 މީހުން ތިނަދޫން ވަނީ ފަސޭހަވެފައެވެ. އޭޕްރީލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން މީހަކާ އެއްތާވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ އެކު ތިނަދޫ ވަނީ މޮނީޓަރިން ހާލަތަށް ގެނެވިފައެވެ. ތިނަދޫ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދިކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ. ތިނަދޫގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވުމާ ގުޅިގެން އެ ރަށުގައި ވެސް މި ވަގުތު ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އަދި ތިނަދޫގެ ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ކޮންޓްރޯލް ކުރުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި އެރަށުގައި މިހާރު ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރެވިފައެވެ. އެގޮތުން ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނުކުތުމަށް ފުލުހުން ކަނޑައަޅައި ގޮތެއްގެ މަތިން ކޮންމެ ގޭބީސީއަކަށް 2 ޕާމިޓު ދޫކުރަން ވަނީ ނިންމައިފައެވެ. އަދި ތިނަދޫގައި ސައި ހޮޓާ، ކެފޭ ރެސްޓޯރެންޓު ފަދަ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެން ޚިދުމަތްތައް ދިނުން ހުއްޓައިލުމަށް ވެސް ވަނީ ނިންމައިފައެވެ. އަދި ޑެލިވަރީގެ ޚިދުމަތް ދެވޭނީ ހެނދުނު 8އިން ރޭގަނޑު 10އަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން އެ އިއުލާނުގައި ބުނެފައި ވަނީ އެކަނި ހުރެ ކުރާ ކަސްރަތު ކުރުމަށް ފަތިހު 5:30އިން ހެނދުނު 7:00އަށް ފުރުސަތު ހުޅުވައިލުމަށް ނިންމައިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް