ޚަބަރު

ކޮވިޑް-19 ދިފާޢު: އިތުރު 641 މީހުންނާ އެކު ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 182،715އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން
ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ސޯޝަލް ސެންޓަރަށް ދިޔަ މީހުންގެ ކިޔޫ/ ދެން އިމޭޖްސް: ޢާލިމް ޢަބްދުއްލަތީފް

ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން އިތުރު 685 މީހުން ފުރިހަމަ ކޮށްފިއެވެ.

Ads by Hajj Corporation

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 182،715އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 315،156އަށް އަރައިފައެވެ.

އެންމެ ފަހުން ވެކްސިން ދިން އަދަދުތަކަށް ބަލާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތަކުން 184 މީހަކު ޖަހައިފައިވާއިރު މާލެ ސަރަހައްދުން 60 މީހަކު ވެކްސިން ޖަހައިފައިވެއެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް އަތޮޅުތަކުން 382 މީހުންނާއި، މާލެ ސަރަހައްދުން 303 މީހުން ފުރިހަމަކޮށްފައި ވެއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް މިހާރު ހުސްވެގެން، އެ ވެކްސިން އާންމުކޮށް ޖެހުން ވަނީ މެދުކަނޑައިލައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!