Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ހިޔާލު ހޯދަނީ

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ހިޔާލު ހޯދަނީ

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވައިލައިފިއެވެ.

މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާ ކުރަމުން ދާ މި ބިލަށް، އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވައިލީ މިއަދުއެވެ. އަދި މި ބިލަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލައިފައި ވަނީ ޖޫން 27 ވާ އާދިއްތަ ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މަޖިލީހުގެ ކޮމިޓީން ބުނި ގޮތުގައި މި ބިލަށް ހިޔާލު ހުށަހަޅަން ޖެހެނީ އެ ކޮމިޓީގެ އީމެއިލް މެދުވެރިކޮށެވެ. ހަމައެއާއެކު މަޖިލީހުގެ އިދާރާއަށް ލިޔުމުން ވެސް ހިޔާލު ހުށަހެޅިދާނެ ކަމަަށް ވެސް ބުނެފައިވެއެވެ.

Advertisement
Allied Insurance — Square (box)

ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލެކެވެ. މިއީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު ސްޕޮންސަރ ކޮށްފައިވާ ބިލެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް