Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ޝައުޤުވެރިވެރިކަން އެބަހުރި: ފުއާދު

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ޝައުޤުވެރިވެރިކަން އެބަހުރި: ފުއާދު

އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ކަމަށް އެކޮމިޝަނުގެ މެންބަރު އަދި ކުރިން އެކޮމިޝަނުގެ ރައީސްކަން ކުރައްވައިފައިވާ ފުއާދު ތައުފިޤް ވިދާޅުވެއްޖެއެވެ.

ފުޢާދު ވިދާޅުވީ މިހާރު ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިބީ އޭނާއާ އެކު މަސައްކަތްކުރައްވާފައިވާ ބޭފުޅުން ކަމަށާއި އެބޭފުޅުންގެ ލޯތްބާއި އިޙްތިރާމް އޮންނަ ކަމަށެވެ. އަދި ކުރިމަތިލާން ވެއްޖެނަމަ ކުރިމަތިލައިގެން މަގާމާ ހަވާލުވާން ތައްޔާރު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިބީ އަޅުގަނޑާ އެކު މަސައްކަތް ކުރައްވާފައިވާ ބޭފުޅުން. ދެން އެބޭފުޅުންގެ ލޯތްބާއި އިޙްތިރާމް އަޅުގަނޑަށް އޮވޭ. ދެން އަޅުގަނޑު ވަރަށް އުންމީދާއެކީގައި މި ހުންނަނީ. އެގޮތަށް ކުރިމަތިލާން ވެއްޖެ ނަމަ އަޅުގަނޑު ކުރިމަތިލައިގެން އެކަމާ ހަވާލުވާން ތައްޔާރު. އުންމީދު އެބައޮތް. އަދި އަޅުގަނޑަށް ޤަބޫލުކުރެވޭ އެކަން ކުރެވޭނެކަމަށް" ފުއާދު ތައުފީޤް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން ފުއާދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގައި މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެކޮމިޝަނުގެ ރައީސަކަށް ވެވަޑައިގަންނަވަން ޝައުޤުވެރިވެވަޑައިގަންނަވާކަމަށެވެ.

ފުއާދު ވިދާޅުވީ މިދިޔަ ނޮވެންބަރު މަހުން ފެށިގެން އޭނާ ހުންނެވީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ތަޖުރިބާގެ ގޮތުންނާއި އުމުރުންގެ ގޮތުން ބެލި ނަމަވެސް މެންބަރުންގެ ތެރެއިން އެންމެ ސީނިއާކޮށް ހުންނެވީ އޭނާކަމަށް ފުއާދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް