Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް މީހެއްގެ ފޮޓޯ އާންމުކޮށްފި

ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް މީހެއްގެ ފޮޓޯ އާންމުކޮށްފި
ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް މީހެއްގެ ފޮޓޯ އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ތަހުގީގަށް ހާޒިރުވުމަށް އަންގާ ފަރާތަކީ ތ. ކިނބިދޫ / ނޫވިލާގެ، ޢަބްދުލްމާނިޢު މުޙައްމަދު (34އ) ކަމަށެވެ. އެމީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރަކީ A287345 އެވެ. އޭނާ ހާޒިރު ކުރެވެނީ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް، ސުވާލުކުރުމަށެވެ. ފުލުހުން ބުނީ އޭނާ ހާޒިރުވާން ޖެހެނީ ތ. ކިނިބިދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށެވެ. ހާޒިރުވުމަށް އަންގައިފައިވާ ސުންގަޑިއަކީ 2021 ޖޫން 28 ވަނަ ދުވަހުގެ 10:00 އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް